ޚަބަރު
އަދަދު ނޫހުގެ އެޑިޓަރު ހަސަން ފުލުސް އޮފީހަށް ހާޒިރުކޮށްފި
ރައީސް، ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުކޮށް "އަދަދު" ނޫޙުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީއާއި ގުޅިގެން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް ހާޒިރުކޮށްފި އެވެ.

ހަސަން ފުލުސް އޮފީހަށް ހާޒިރުވެފައިވަނީ އޭނާގެ ވަކީލާއެކު މިއަދު ހެނދުނު 08:30 ގައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހަސަންއަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ، "2026 މާރިޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގައި ރައީސް ޑރ މުހައްމަދު މުއިއްޒު ގަޛުފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް "އާއިޝާ" މިނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިރުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ" ހާޒިރުވާން އަންގާ ކަމަށެވެ.

މި މައްސަލައިގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވެސް މިއަދު މެންދުރު 02:30 އަށް ފުލުހަށް ހާޒިރުކުރުމަށް ވަނީ ނިންމާފަ އެވެ.

"އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އިއްޔެ ރޭ ފުލުހުން އަދަދު އޮފީސް ބަލައިފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭހެން ބައެއް ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލައިގައި ފިޔާޒް، ހަސަންގެ އިތުރުން އީޝާ ކިޔާ އަންހެނެއްގެ ފުރުން މަނާކޮށް ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު