ޚަބަރު
ގޯތީގެ މައްސަލައިގައި އެޗްޑީސީގެ ބޯޑު ސަސްޕެންޑުކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އެ ކުންފުނީގެ ބޯޑު މިއަދުން ފެށިގެން ސަސްޕެންޑްކޮށްފި އެވެ.

އިއްޔެ މީސްމީޑިޔާއަށް ލީކުވި ލިޔެކިޔުންތަކަށް ބަލާއިރު ބިންވެރިޔާ ސްކީމުގެ ދަށުން ބިން ނުލިބޭ ބައެއް ފަރާތްތަކަށް ބިން ދޫކޮށް، އެ ބިންތަކުގައި އިންފާރު ރޭނުމުގެ ހުއްދަ އެޗްޑީސީން ދީފައިވެ އެވެ. އެ ހުއްދަ ލިބުނު ފަރާތްތަކުގެ ތެރޭގައި ފަޒުލްގެ ބޭބެއެއްވެސް ހިމެނެ އެވެ. 

އެ ފަރާތްތަކަށް ހުއްދަ ދިނުމަށްފަހު، އެއީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ބައެއްކަން ކަށަވަރުކުރުމަށް އެޗްޑީސީންވަނީ ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވާފަ އެވެ. ނަމަވެސް އެ މިނިސްޓްރީން އެ ފަރާތްތަކަށް އެ ސްކީމުގެ ދަށުން އެއްވެސް ގޯއްޗެއް ނުލިބޭކަން އަންގާފައިވެ އެވެ. 

އެޗްޑީސީ ބޯޑުގެ މެންބަރުން

  •  އަޒްހާރު އަބްދުﷲ ސައީދު
  •  އިބްރާހިމް ޔޫސުފް ފުޅު
  •  މުހައްމަދު ވިޝާމް
  •  އުލާ މުހައްމަދު ރަޝީދު
  •  އާރިފް އަބްދުއްސަމަދު
  •  މުހައްމަދު ނާޖިލް
  •  މުހައްމަދު ވަހީދު
  •  ފާތިމަތު މިޒްނާ އަލީ
  •  ޔޫސުފް ވަހީދު
މި މައްސަލައިގެ ތަހުގީގު ފުލުހުންގެ ހިދުމަތުގެ އިތުރަށް އޭސީސީންވަނީ ފަށާފަ އެވެ. އެކަމާ ގުޅިގެން ރޭ ބޭއްވި ޕްރެސްއެއްގައި އެމްޑީ ފަޒުލްވަނީ އޭނާއަށް އަމާޒުވާ ހުރިހާ ތުހުމަތެއް ދޮގުކުރައްވާފަ އެވެ.

މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން އެ ތަހުގީގު ނިމި ޕީސީބީން ވަކި ގޮތެއް ނިންމަންދެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން ޗެއާމަން އަހްމަދު ނާސިފު ފިޔަވައި އެހެން ހުރިހާ މެންބަރުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު