ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގޯތި ހޯދަން ވަގު ލިޔުން ހެދި ކަމުގެ ތުހުމަތުކުރެވޭ ފަޒުލްގެ ބޭބެ ފަޒީލް ވެސް ސަސްޕެންޑުކޮށްފި
އަހުމަދު ނިހާން
19 ޑިސެމްބަރ 2024 - 11:59
0
comments
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދު
Tweet
Telegram
ވަގު ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލޭ ފޭސް ދޭކުން ގޯއްޗެއް ހޯދަން އުޅުނު މައްސަލައިގައި ތުހުމަތުކުރެވޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދު ސަސްޕެންޑުކުރަން އެ ކުންފުނިން މިއަދު ނިންމައިފި އެވެ.
އެމްޑަބްލިއުއެސްސީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފަޒީލު ސަސްޕެންޑުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމައަށް ޖާގަ ދިނުމުގެ ގޮތުން ކަމަށެވެ. އޭނާ ސަސްޕެންޑުކުރީ ހުރިހާ ޒިންމާތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށެވެ.
ފަޒީލް ސަސްޕެންޑުކުރީ، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުމަށް ޝަރުތު ހަމަނުވި ނަމަވެސް އޭނާއަށް ގޯތި ދީފައިވާ ކަމަށް ދައްކާ ލިޔެކިޔުންތަކެއް އާންމުވި ފަހުންނެވެ.
އެ މައްސަލައިގައި ޕީސީބީން ވަނީ ފަޒުލްއާއި އެޗްޑީސީގެ އެންމެ ބޯޑު މެންބަރަކު ފިޔަވައި ހުރިހާ ޑިރެކްޓަރުން ސަސްޕެންޑުކޮށްފައެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ފަޒީލް ސަސްޕެންޑުކުރީ އެޗްޑީސީއާ ގުޅޭ ގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ، އެހީތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
54 މިނެޓް ކުރިން
0
ފަޒުލްއަށް މިހާ ހިސާބަކަށް އެއްވެސް ތުހުމަތެއް ނުކުރަން: ފުލުހުން
10 ގަޑިއިރު ކުރިން
0
ހައުސިން މިނިސްޓްރީއަށް ނޭނގި ޖަރީމާ ނުހިންގޭނެ، ހައިދަރު ދުރުކުރަންޖެހޭ: އެމްޑީޕީ
10 ގަޑިއިރު ކުރިން
0
ލިޔެކިޔުން ފޯޖުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
11 ގަޑިއިރު ކުރިން
0
ގޯއްޗާއި ފްލެޓާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީ އަމުރުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފަޒުލްއަށް މިހާ ހިސާބަކަށް އެއްވެސް ތުހުމަތެއް ނުކުރަން: ފުލުހުން
54 މިނެޓް ކުރިން
0
އެންސްޕާގެ ޑެޕިއުޓީ ސީއީއޯ މަގާމުން ވަކިކޮށްފި
2 ގަޑިއިރު ކުރިން
0
އޭސީސީން ބިންވެރިޔާ-ގެދޮރުވެރިޔާ ސްކީމްގެ އަވަސް ތަހުގީގެއް ފަށައިފި
2 ގަޑިއިރު ކުރިން
0
އެމްޑީޕީ ސަރުކާރުން ބަދަލުދިން އެއް ބިލިއަން ރުފިޔާގެ އެއްބަސްވުން ހުއްޓުވައިފި
3 ގަޑިއިރު ކުރިން
0