ޚަބަރު
އެޗްޑީސީން ވަގަށް ނެގި ލެޕްޓޮޕްތައް ހޯދައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަގަށް ނެގި ލެޕްޓޮޕްތައް ފުލުހުން ހޯދައިފި އެވެ.

ތުހުމަތުކުރެވޭ މީހާ ފުލުހުންނަށް އެއްބާރުލުން ދެމުން އަންނަކަން ޝިފާން ހޯމަ ދުވަހުގެ ރޭ ހާމަކުރެއްވުމަށްފަހު އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ވިދާޅުވީ މިހާރު އެ ފަސް ލެޕްޓޮޕް ރިކަވަރ ކުރެވިފައިވާކަމަށެވެ.

ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޓީޑީސީ)ން ވަގަށް ގޯތިތަކެއް ދިން މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަމުންދަނިކޮށް، އެ ކުންފުނިން ލެޕްޓޮޕްތަކެއް ވަގަށް ނެގިކަން ފުލުހުން ހާމަކުރީ ހޯމަ ދުވަހުގައެވެ.

އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.

އެޗްޑީސީން ލެޕްޓޮޕްތަކެއް ވަގަށް ނެގިއިރު، ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުންނާއި އޭސީސީ ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހިމެނޭހެން ގިނަ ބައެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު