ޚަބަރު
ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި، ފަޒުލްއާ ފަޒީލް ނުހިމެނޭ
ބިންވެރިޔާ ސްކީމާއި ގުޅޭ މައްސަލައާ ގުޅިގެން ފުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ކުރިއަށް ގެންދާ ބޮޑު ތަހުގީގާ ގުޅިގެން 20 މީހެއްގެ ޕާސްޕޯޓް ހިފެހެއްޓި އެވެ.

ފުލުހުން މިއަދު ބުނީ ބިންވެރިޔާ ހައުސިން ސްކީމާއި ގުޅުންހުރި މައްސަލައާ ގުޅިގެން، ކުރިން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައިވާ ކަމަށެވެ.

ޕާސްޕޯޓް ދޫކޮށްލި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަފު ފަޒީލް ރަޝީދު ނުހިމެނޭ ކަމަށް ވެސް ބުންޏެވެ.

"ދަތުރު ކުރުން މަނާކުރުމުގެ އަމުރު ބާތިލްކުރި މީހުންގެ ތެރޭގައި އިބްރާހިމް ފަޒުލް ރަޝީދާއި މުހައްމަދު ފަޒީލް ރަޝީދު ނުހިމެނޭ،" ޕާސްޕޯޓް ދޫކޮށްލީ ކޮން ބައެއްގެކަން ނުބުނެ، ފުލުހުންގެ މެސެޖުގައިވެ އެވެ.

ހުޅުމާލޭ ފްލެޓާއި ގޯތި މައްސަލާގައި ޕީޖީ އައްބާސް ޝަރީފްގެ އެންގެވުމަކަށް އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދަނީ ހިންގަމުންނެވެ.

އެ މައްސަލައިގައި އެޗްޑީސީގެ ޗެއާމަން ފިޔަވާ ބޯޑުގެ އެހެން ހުރިހާ މެންބަރުން ސަސްޕެންޑްކުރުމަށް ފަހު މިހާރު ވަނީ އެ ސަސްޕެންޝަން އުވާލައިފަ އެވެ.

އެ ކުންފުނީގެ އިސް 15 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ތިއްބާ އަލުން ވަނީ ވަޒީފާ ދީފަ އެވެ. ނަމަވެސް އެ މީހުން ތިބީ ސަސްޕެންޝަންގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު