ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނޫސްވެރިއަކު ނެގި ފޮޓޯއެއް ޑިލީޓްކުރި މައްސަލަ ބަލަނީ
ހުމާ ނަސީމް
30 ޑިސެމްބަރ 2024 - 13:50
0
comments
Tweet
Telegram
މީހަކު ހައްޔަރުކުރާ މަންޒަރު ފޮޓޯ ނެގި ނޫސްވެރިއެއްގެ ފޯނުން ފުލުހުން އެ ފޮޓޯ ޑިލީޓްކުރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
"އަސްލު ޓީވީ" ގެ ނޫސްވެރިޔާ ޝާމާ ޝުއައިބު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުލުހުން މީހަކު ހައްޔަރުކުރި މަންޒަރު ފެނިގެން އޭނާ ފޮޓޯ ނެގުމުން، އެ ފޮޓޯ ވަގުތުން ޑިލީޓު ކުރުމަށް ފުލުހުން އަމުރުކުރި ކަމަށެވެ. ނޫސްވެރިޔާ އެކަމަށް އިންކާރުކުރުމުން އޭނާ ހައްޔަރު ކުރަން ފުލުހުން އުޅުނު ކަމަށާއި، އޭގެ ސަބަބުން ފޮޓޯ ޑިލީޓު ކުރަން މަޖުބޫރުވި ކަމަށް ނޫސްވެރިޔާ ބުނެފައިވެ އެވެ.
މީގެ އިތުރުން، ފޮޓޯ ޑިލީޓު ކުރުމަށްފަހުވެސް ފުލުހުން ނޫސްވެރިޔާގެ ފޯނު ނަގައި ބަލައި ޗެކްކުރި ކަމަށް ވެސް ނޫސްވެރިޔާ ބުނެފައިވެ އެވެ.
"އެންމެ ފަހުން ހައްޔަރުކުރާ ހިސާބަށް ދިޔައީމާ މި ޖެހުނީ ޑިލީޓް ކުރަން. މިއީ ކޮން އުސޫލެއް، ކޮން ހަމައެއް ކަމެއް ބުނެ ނުދެވުނު އެ އޮފިސަރަކަށް،" އެ ނޫސްވެރިޔާ ކަންބޮޑުވުން ފާޅުކޮށް ލިޔެފައިވެ އެވެ.
އެކަމާ ގުޅިގެން އޭނާ ވަނީ ނޫސްވެރިންނަކީ މިނިވަންކަމާ އެކު ނޫސްވެރިކަން ކުރެވޭނެ ބައެއް ކަމަށް ބުނާ ބުނުން ގަބޫލު ނުކުރެވޭ ކަމަށް ބުނެފަ އެވެ. ނޫސްވެރިއެއްގެ ޒިންމާ އަދާކުރުމުން ހުއްޓުވައި ފޯނު ބެލީ ކޮން އަމުރެއް އޮވެގެންތޯ އޭނާ ސުވާލު އުފެއްދި އެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ރޭ ވިދާޅުވީ ކުށުގެ ވެށީގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު އެ ތަނެއްގައި ފުލުހުން ކުރަމުންދާ މަސައްކަތަކީ އެ ހާލަތުގައި ހުރިހާ އެންމެން ވެސް އެންމެ އިސްކަންދޭން ވާނެ ކަންތައް ކަމަށެވެ. ކޮންމެ ހާލަތެއްގައި ނޫސްވެރިންނަށް ކަނޑައެޅޭ ހިސާބެއްގައި ތިބެ މަންޒަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސް ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ފުލުހުން ވެސް ދޭން ވާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
ޝިފާން ވަނީ ނޫސްވެރިޔާ ރައްދުކޮށްފައިވާ ހާލަތަކީ ފުލުހެއްގެ ނުވަތަ ފުލުހުންތަކެއް އަމަލުކޮށްފައިވާ ގޮތާއިމެދު ހުށަހަޅާފައިވާ ޝަކުވާއެއް ކަމަށް ގަބޫލު ކުރެވޭތީ އެކަން އިތުރަށް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާ ހިއްސާކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
12 ގަޑިއިރު ކުރިން
0
އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް: ފުލުހުން
2 ދުވަސް ކުރިން
0
މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
3 ދުވަސް ކުރިން
0
އެގްރިކަލްޗާ މިނިސްޓްރީއަށް އޭސީސީ އާއި ފުލުހުން ވަދެއްޖެ
5 ދުވަސް ކުރިން
0
ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާ ދެނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޓާޝަރީ ފެންވަރުގެ ދެ ހޮސްޕިޓަލެއް އަޅަން ހަވާލުކޮށްފި
2 މިނެޓް ކުރިން
0
އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް: ފުލުހުން
12 ގަޑިއިރު ކުރިން
0
އާރްޑީސީ އާއި ހަވާލުކުރި އަލިފުށީ މަގުތައް ހެދުން ބުރަކި ޖެހިފައި!
19 މިނެޓް ކުރިން
0
ފްލެޓް އަޅައިގެން ވިއްކުމުގެ ވިޔަފާރި އަށް އާރުސީސީ އަތޮޅުތެރެއަށް
12 ގަޑިއިރު ކުރިން
0