
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ޅ. ނައިފަރު ހޮސްޕިޓަލް އަދި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޑިޒައިން އެންޑް ބިލްޓު އުސޫލުން އަޅަން ހަވާލުކުރީ އާރުޑީސީ އަދި އެމްޓީސީސީއަށެވެ.އުނގޫފާރު ހޮސްޕިޓަލުގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި ހެލްތުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް ވަނީ ސޮއިކުރައްވައިފަ އެވެ.ސަތާރަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 161،245،343ރ. އެވެ.ނައިފަރުގައި ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފު އަދި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރެވެ. އެއީ 7.7 މިލިއަން ރުފިޔާއަށް، އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.ހެލްތު މިނިސްޓްރީން ބުނީ ދެ ހޮސްޕިޓަލްގެ އާ އިމާރާތްތައް ނިމި ބޭނުންކުރަން ފެށުމުން ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ޚިދުމަތް ފޯރުކޯށް ދިނުމަށް ބޭނުން ވާނެ ހުރިހާ ޚިދުމަތްތަކެއް ޤާއިމްކުރެވޭނެ ކަމަށެވެ.ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ރަށްރަށުގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތައް އަޅަން ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.