ޚަބަރު
މަޑަވެލީގެ ގޮނޑުދޮށް ހިމާޔަތްކޮށް، ބިން ހިއްކަން އެމްޓީސީސީއަށް
ގދ. މަޑަވެލީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް 174 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. 

ޖުމްލަ 400 ދުވަސް ތެރޭ ނިންމުމަށް މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ މަޑަވެއްޔަކީ، ޒަމާނުއްސުރެް ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައި އޮތް ރަށެކެވެ. ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުމުން ރަށުގެ ބިން އިތުރުވެ، ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް އެމްޓީސީސީން ފާހަގަކުރިއެވެ.

އޭގެ އިތުރަށް، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުމުން އުދަ އެރުމާއި ރަށް ގިރުމުގެ މައްސަަލައަށް ހައްލެއް އަންނާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު