ޚަބަރު
ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިމިއްޖެ
ފ. ނިލަންދޫ އެއާޕޯޓް ތަރައްގީކުރަން ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަސައްކަތް ނިންމަލައިފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި އެވެ. 

އެމްޓީސީސީން ބުނީ ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން އެއްކޮށް ހިއްކާ ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ފަޅު ފުންކުރުމާއި ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްކަމަށާއި މޅި މަޝްރޫއުގެ 74 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ބުނެ އެވެ. 

ނިލަންދޫ އެއާޕޯޓަކީ މި ދަޢުރުގައި ސަރުކާރުން ތަރައްގީކުރުމަށް އިއުލާނުކޮށްފަވާ 12 އެއާޕޯޓްގެ ތެރޭގައި ހިމެނޭ އެއާޕޯޓެކެވެ.

ނިލަންދޫއަކީ ސަރުކާރުން އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރަން ނިންމާފައިވާ 7 ރަށުގެ ތެރެއިން އެއް ރަށެވެ. އެރަށުގައި މިވަގުތު ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ބަނދަރު އިތުރަށް ތަރައްޤީކުރުމާއި ގިރާ ސަރަޙައްދުގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު