ފ. އަތޮޅާއި ދ. އަތޮޅަށް ފެށި އާރުޓީއެލް ފެރީގެ އަގުތައް އާންމުކޮށްފި
އަލީ އާމިރު
22 ފެބުރުއަރީ 2026 - 13:02
0 comments
އާރުޓީއެލް ފެރީއެއް: ފ. އަތޮޅާއި ދ. އަތޮޅުގައި ފެށި ފެރީގެ ޚިދުމަތުގެ އަގުތައް ވަނީ އާންމުކޮށްފަ
މިދިޔަ ހަފުތާގައި އާރުޓީއެލް ސްޕީޑު ފެރީގެ ހިދުމަތް ފެށި ފ. އަތޮޅާއި ދ. އަތޮޅުގައި އެ ހިދުމަތްދޭ އަގުތައް މިއަދު އާންމުކުށްފި އެވެ. 
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ފ. އަތޮޅުގެ އެތެރޭގެ ދަތުރުތަކުގެ ތެރެއިން އެއްކޮޅު ދަތުރުތައް އެންމެ އަގުހެޔޮކޮށް ކުރަނީ 35 ރުފިޔާއަށެވެ. އަދި އެންމެ އަގުބޮޑުކޮށް ކުރަނީ 70 ރުފިޔާއަށެވެ.ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފ. އަތޮޅާއި ދ. އަތޮޅުގައި ވެސް އާރުޓީއެލް ފެރީގެ އެއްކޮޅު ދަތުރެއްގެ އަގު ފެށެނީ 35ރ. އިން ކަމަށެވެ. އަދި ދެކޮޅު ދަތުރަކަށް އެންމެ ގިނަވެގެން ދައްކަން ޖެހެނީ 130ރ. އެވެ.
ފ. އަތޮޅާއި ދ. އަތޮޅާ ދެމެދުގައި ދަތުރުކުރާ ނަމަ އެއްކޮޅު ޓިކެޓުގެ އަގު ފެށެނީ 130ރ. އިންނެވެ. އަދި ދެކޮޅު ދަތުރުގެ އަގު އެންމެ ބޮޑުވެގެން ވެސް އުޅެނީ 300ރ. ގަ އެވެ. އެމްޓީސީސީން ދެމުން އަންނަ އާރުޓީއެލް ޚިދުމަތުގެ ޓިކެޓު، ވެބްސައިޓުންނާއި މޯބައިލް އެޕުން ނެގޭނެއެވެ. އެމްޓީސީސީން ވަނީ އާރުޓީއެލް ފެރީގައި އެ ދެ އަތޮޅުގައި ހިލޭ ދަތުރުކުރުމުގެ ފުރުސަތު، ހަފުތާއެއް ވަންދެން ދީފައެވެ.ދެހާސްބާވީސް ވަނަ އަހަރު ފެށި މި ޚިދުމަތަކީ، ދަތުރުފަތުރުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދީގެން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދާ، ތަރުހީބު އޮތް މަސައްކަތެއް ނަމަވެސް، ދަތުރުކުރާ ފެރީތައް އިތުރުނުކޮށް ޚިދުމަތް ފުޅާކުރަމުން ދިއުމުން، ކުރިން ފެރީ ފެށި އަތޮޅުތަކުގައި ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުން އަންނަނީ އިތުރުވަމުންނެވެ.އާރުޓީއެލް ފެރީގެ ހިދުމަތް 12 އަތޮޅެއްގެ 123 ރަށަކަށް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.