ޚަބަރު
ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކުރި 3 މީހުން ކޯޓުން ދޫކޮށްލައިފި
އާ އަހަރު ފާހަގަކުރުމާ ދިމާކޮށް ބަނގުރަލާ އެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ބަނގުރާ ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެ މީހުންގެ ވަނަވަރު ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ. އެއީ:

  •  އިސްމާއިލް މާހީން މުސްތަފާ 26، ގ. ރެއިންބޯ

  • އަހުމަދު އާނިޝް 22،  ޗާންދަނީގޭ/އައްޑޫ ހުޅުދޫ

  • އިބްރާހިމް އަކްމަލް އަބްދުއްސައްތާރު 19، ހެޕީޑްރީމް/އައްޑޫ ހުޅުދޫ

ފުލުހުން ބުނީ އެ ތިން މީހުން ވެސް ކޯޓުން ދޫކޮށްލީ ޝަރުތުތަކާ އެކު ކަމަށެވެ.

އާ އަހަރާ ދިމާކޮށް، މަސްތުވާތަކެތި ބޭނުން ކުރުން އިތުރުވާނެ ކަމަށް ބެލެވޭތީ ފުލުހުން ވަނީ މި ދުވަސްކޮޅާ ދިމާކޮށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު