ޚަބަރު
ހުޅުމާލޭގައި ބަހައްޓާފަ ހުރި ޓްރާންސްފޯމަރަކަށް ގެއްލުންދީފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަށް ރޭ ބަޔަކު ގެއްލުންދީފި އެވެ.

ޓްރާންސްފޯމަރަށް ގެއްލުން ދިނުމުގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަޔަކު ގަސްތުގައި ދިން ގެއްލުމުގެ ސަބަބުން ކަރަންޓު ފޯރުކޮށްދޭ ނެޓްވޯކަށް ގެއްލުންވެފައިވާ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ހައި ވޯލްޓޭޖު ޓްރާންސްފޯމަރުތަކަށް ގެއްލުން ދީފައިވަނީ ޓްރާންސްފޯމަރުތަކުގެ އޮޕަރޭޝަންތަކުގެ ފަންނީ މައުލޫމާތު އެނގޭ ބައެކެވެ.

ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުންނަނީ ބައުންޑަރީ ފާރެއްގެ އިތުރުން ޑަބަލް ލޮކްކޮށްފައިވާ އެންކްލޯޒާތަކާ އެކު އެވެ. ނަމަވެސް އެ ތަންތަނަށް ގެއްލުން ދިން މީހުން ގޭޓުތައް ފަޅާލައި ތަޅުތައް ހަލާކުކޮށްލާފައިވާ ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވި އެވެ.

ސްޓެލްކޯގެ ހައި ވޯލްޓޭޖު ޓްރާންސްފޯމަރަކަށް ގެއްލުން ދިން މީހަކު ކަރަންޓުގައި ޖެހިގެން މިދިޔަ އަހަރު މަރު ވެސްވި އެވެ.

އެ ހާދިސާ ހިނގީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެ ހާދިސާ ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެންނެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު