ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ވަގު ފޯމްތަކުގެ މައްސަލަ އެމްޑީޕީން އީސީއާ ފުލުހަށް ގެންގޮސްފި
އަލީ ރާޒީ
17 ޖެނުއަރީ 2025 - 10:52
0
comments
Tweet
Telegram
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސައްހަ ނޫން މެމްބާޝިޕް ފޯމުތަކުގެ މައްސަލަ ބަލައިދޭން އެމްޑީޕީން ވެސް ޕޮލިހުގައި އެދިއްޖެ އެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި ވަރަށް ގިނަ އާންމުންނަށް ނޭންގި އެ މީހުންގެ ނަމުގައި ފޯމް ފުރައިގެން ޕީއެންސީގެ ދަފްތަރުގައި ހިމަނަން އީސީއަށް ވަނީ ހުށައަޅާފަ އެވެ.
އެމްޑީޕީން ބުނާ ގޮތުން ޕީއެންސީން އެކަން ކުރީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްގެނެވެ. އެ ޕާޓީން ވަނީ ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދި މައްސަލާގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީއަށް މިއަދު މައްސަލަ ހުށަހަޅާފަ އެވެ.
އަދި ބުނީ މި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕީޖީގައި ވެސް އެދިފައިވާ ކަމަށެވެ.
މީގެ އިތުރުން، ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާ ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް އެ ފޯމުތަކުގެ ސައްހަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެ މައްސަލާގައި ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް ޕީއެންސީން ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް އެއްބަސްވެފަ އެވެ. އަދި އީސީން އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައި ވާތީ، ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
އެމްޑީޕީގެ ފުދިއްޖެ، ފުނޑިއްޖެ ހިނގާލުން ރޭގަނޑަށް ބަދަލުކޮށްފި
4 ދުވަސް ކުރިން
0
އިލެކްޝަންސް ކޮމިޝަނަށް ދެ މެންބަރުން އައްޔަން ކުރައްވައިފި
7 ދުވަސް ކުރިން
0
ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
7 ދުވަސް ކުރިން
0
އެމްޑީޕީގެ ހަރުގެ އަތުލި މައްސަލާގައި ކުރި ދައުވާ އަނބުރާ ގެނެސްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިޔާސީ ޕާޓީގެ ދަފްތަރުން ޕީޕީއެމް އުނިކޮށްފި
17 މިނެޓް ކުރިން
0
ސްޓެލްކޯގެ ޓްރާންސްފޯމާ ސަބްސްޓޭޝަނަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން
0
ހޯރަފުށީ ޖުވެނައިލް ހާފްވޭ ހައުސް ރައީސް ހުޅުއްވައިދެއްވައިފި
2 ގަޑިއިރު ކުރިން
0
ޒަކާތު ހައުސްގެ 10 ބުރީގެ އިމާރާތެއް އަޅައި އެތަނުގެ މަންފާ ޒަކާތުގެ ހައްގުވެރިންނަށް ދެނީ
2 ގަޑިއިރު ކުރިން
0