ޚަބަރު
ވިލިމާލެ މޫދުން އޮޔާ ދިޔަ މީހަކު އެމްޓީސީސީ ފެރީއަކުން ސަލާމަތްކޮށްފި
އޮޔާދިޔަ މީހާ ސަލާމަތްކުރަން ކަނޑަށް ފޭބި މީހުން ޕޮލިހުން ސަލާމަތް ކުރަނީ - ފޮޓޯ/ އެމްވީ ކްރައިސިސް
ވިލިމާލޭން މޫދަށް އެރި އުޅެނިކޮށް، އޮޔާ ދިޔަ ދިވެއްސަކު މިއަދު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ ވިލިމަލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާ ދަމައިގަތް ކަމުގެ ރިޕޯޓެއް މިއަދު 15:55 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެމީހާ އެމްޓީސީސީގެ ފެރީއަކަށް ނަގާފައިވާ ކަމަށްވެސް ފުލުހުން ބުނީ އެވެ.

"އެ މީހާއަށް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ވަނީ ގެންގޮސްފައި. މީހާ ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައި،" ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެމްޓީސީސީ ފެރީއަކުން ކަނޑުން މީހުންތަކެއް ސަލާމަތްކުރަން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

ނަމަވެސް، އެ ފެރީއަށް ނުނެގި އުޅެނިކޮށް އެމީހުން އޮޔާދާ މަންޒަރު ފެންނައިރު، ޕޮލިހުން އެ ސަރަހައްދަށް އައިސް މީހުން ސަލަމާތްކުރާ ތަން ފެނެ އެވެ.

މި ފަހުން ވެސް ކަނޑުމަތީގައި ހިތާމަވެރި ބައެއް ހާދިސާތައް ވަނީ ހިނގައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު