ޚަބަރު
ރަސްމީ ފާލަމުގެ މަރާމާތް ނިންމައި މި މަހު ހުޅުވާލަނީ
މާލޭގެ ރަސްމީ ފާލަން އަލުން ހެދުމަށް އޯވަހެޑް ސްޓްރަކްޗާ ނިންމާފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަނީ ފުރާޅުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މާލޭގެ މޫނުމަތީގައި އޮތް ރަސްމީ ފާލަން އެމްޓީސީސީއާ ހަވާލުކޮށްގެން މަރާމާތު ކުރަން ފެށީ މެއި މަހުގެ ތެރޭގަ އެވެ.

މަސައްކަތުގެ ސްޕީޑް އަވަސް ވިޔަސް ފާލަން އެއްކޮށް ނިމޭނެ ތާރީހެއް އެމްޓީސީސީން އަދި ނުބުނެ އެވެ. އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ޑީސީޕީ އަހުމަދު ސައުދީ ވިދާޅުވީ ފާލަމުގެ މަސައްކަތް އަވަސްކުރަން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށެވެ. 

"ޕްރޮޖެކްޓް އަވަސްކުރުމަށް އަޅުގަނޑުވެސް ބައެއް އެޑްމިނިސްޓްރޭޓިވް ކުދިކުދި ބަދަލު ގެނެސް. ޕްރޮޖެކްޓް މެނޭޖަރު ވެސް ވަކިކޮށް އެހެން މެނޭޖަރެއް ޢައްޔަންކޮށް، މެޓީރިއަލް ލިބުމުގައި ހުރި ދަތިތައް އަވަސްކުރުވާފައި،" އޭނަ ވިދާޅުވި އެވެ. "އަދި ހަމައެއާއެކު ބައެއް މެޓީރިއަލް ސަޕްލައިކުރުރުމަށް ސޯސްކޮށްފައި ހުރި ބައެއް ބޭރުގެ ކުންފުނިތަކުން ވެސް އެއްބަސްވެފައިވާ ގޮތަށް ޑެލިވަރ ނުކުރީމަ އެ ކުންފުނިތައް ވާނީ ބްލެކް ލިސްޓްކުރެވިފައި."  ސައުދީ ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރަސްމީ ފާލަން އާ ޑިޒައިނަކަށް މަރާމާތުކޮށް ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަިއ ޖުލައި، 2015 ގަ އެވެ. އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެ މަސައްކަތް ކުރިއަށްދާ ގޮތަށް މިނިސްޓަރު އިއްޔެ ބައްލަވާލެއްވުމަށް މީޑިއާތަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާތީ އަމާޒަކީ މި މަހުގެ 21 ގައި ފާލަން އަލުން ހުޅުވައިލުން ކަމަށެވެ.

"މިއީ މާލޭގެ މަލަމަތިކަމަށްވެފައި، ފާލަން އެގޮތަށް ބަންދުކޮށްފައި ބޭއްވުމަކީ މިތަނަށް އަރަފައިބާ މީހުންނަށް ވެސް ފާހަގަކުރެވޭ ކަމަކަށްވެ މާލޭގެ ރީތިކަން ގެއްލިގެންދާނެ ފަދަ ކަމެއްކަމުން ސަރުކާރުން ވަރަށް ބޮޑަށް ބަރުއަޅައިގެން މަސައްކަތް ބާރަށް ކުރިއަށް އެބަދޭ،" މުއްތަލިބް ވިދާޅުވި އެވެ. "އުއްމީދު ކުރަނީ މަހެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމާ ފާލަން ހުޅުވާލެވޭނެ ކަމަށް."

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ޑީސީޕީ އަޙްމަދު ސަޢުދީ ވިދާޅުވީ ފާލަމުގެ މަސައްކަތް އަވަސްކުރަން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު