ޚަބަރު
އެމްޓީސީސީން ހުޅުމާލޭ ދެވަނަ ފިޔަވަހިން 426 ކިލޯގެ ކުނި ނަގައިފި
އެމްޓީސީސީން އިންތިޒާމުކޮށްގެން ބޭއްވި "ސުޒުކީ ކްލީން އަޕް ދަ ބީޗް" ހަރަކާތުގައި ހުޅުމާލެއިން 426 ކިލޯގެ ކުނި އުކާލައިފި އެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. މި ހަރަކާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވެމްކޯއާއި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ސޭވް ދަ ބީޗް މޯލްޑިވްސްގެ އިތުރުން ހުޅުމާލޭ މަސްވެރިންގެ ޖަމިއްޔާއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ ހަރަކާތުގައި ބައިވެރިވެ ހުރިހާ ފަރާތްތަކުން ކުރި މަސައްކަތުން 426 ކިލޯގެ ކުނި ނަގާފައިވާ ކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ. އެހެންކަމުން އެ ކުންފުނިން ވަނީ ހަރަކާތުގައި ބައިވެރިވި އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ.

އެމްޓީސީސީން އިތުރަށް ބުނީ ސާފު ޖުމްތަމައެއް ބިނާކޮށް މުސްތަގްބަލް އުޖާލާ ކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު