ވިޔަފާރި
އެމްޓީސީސީގެ އާ ސީއީއޯއަކަށް ސައުދީ
ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީ - ފޮޓޯ: މިހާރު
އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޒިޔާދު އެންވަޔަރަންމަންޓް މިނިސްޓަރީ އަށް ބަދަލުކޮށް، އެ ކުންފުނީގެ އެންމެ އިސްވެރިއަކަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީ މިއަދު ހަމަޖައްސައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީބީސީ)ން ވިދާޅުވީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުން ޒިޔާދު ވަކި ކުރައްވާ، އެ މަގާމަށް ސައުދީ މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ބަހްރެއިންގައި އިންޖިނިއަރިން މެނޭޖްމަންޓުގެ ދާއިރާއިން ތައުލީމް ހާސިލްކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުގައި މަސައްކަތް ކުރައްވާފައިވާ ޒިޔާދު މިހާރު އައްޔަން ކުރައްވާފައިވަނީ ތިމާވެއްޓާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް 2018 ވަނަ އަހަރު ފުލުހުންގެ އިދާރާ ހިންގުން ވެސް ސައުދީއާ ހަވާލު ކުރެއްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރަކަށް އައްޔަން ކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު