ވިޔަފާރި
އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވަކިކޮށްފި
އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު(ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަބްދުﷲ ޒިޔާދު މިއަދު މަގާމުން ވަކިކޮށްފި އެވެ.

ޒިޔާދު މަގާމުން ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަ ނުކުރެ އެވެ. 

އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ޒިޔާދު އައްޔަންކުރީ ނޮވެމްބަރު 28، 2023 ގަ އެވެ.

ޒިޔާދަކީ ކުރީން ދެ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. ބައެއް މިނިސްޓްރީތަކުގެ އެހެން ބައެއް އިސް މަގާމުތައް ވެސް ފުރުއްވާފައިވެ އެވެ.

ޒިޔާދު މަގާމުން ވަކިކުރައްވަން ނިންމާފައިވާ ކަމުގެ އަޑު ފެތުރިފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު