ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އުނގޫފާރުގައި ޕާސްޕޯޓާއި އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފި
އައިމިނަތު ޝިޔާޒާ
22 ޖެނުއަރީ 2025 - 00:15
0
comments
Tweet
Telegram
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރ. އަތޮޅުގައި ފަށައިފި އެވެ.
އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
މާލޭ ފިޔަވައި މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބޭ ތަންތަނުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދު އެވެ. އައިޑީކާޑުގެ ހިދުމަތް ފަށާފައި ވަނީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގަ އެވެ.
އުނގޫފާރުން އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސިއިރު ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެ ހިދުމަތް މި އަހަރު ރާއްޖެ އަށް ފުޅާކުރާނެ އެވެ.
ސަރުކާރުން ވަނީ މުޅި ރާއްޖެ އަށް އެ ހިދުމަތްތައް ފުޅާކުރާނެގޮތުގެ މަގު ޗާޓެއް މިދިޔަ އަހަރުގެ ނޮވެމްބަރުގައި އާންމުކޮށްފަ އެވެ.
މި މަސައްކަތުގެ ދަށުން މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ލ. އަތޮޅާއި ދ. އަތޮޅަށް މި މަސައްކަތް ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން، ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހު ވަނީ ފައްޓަވާފަ އެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ހިދުމަތް މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ހދ. އަތޮޅަށްވެސް މިހާރު ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ އަދި ކުޅުދުއްފުށީ ސިޓީއިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހު ވަނީ ފައްޓަވާފަ އެވެ.
މިދިޔަ ނޮވެމްބަރުމަހު ސަރުކާރުން ވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަގުޗާޓުވެސް އާންމުކުރައްވާފަ އެވެ. މި މަގުޗާޓުގައިވާގޮތުން މިއަހަރުގެ ނިޔަލަށް ކޮންމެ ސިޓީއަކާއި އަތޮޅެއްގައިވެސް ކަނޑައެޅޭ ވަކި ސަރަހައްދުތަކުގައި މި ހިދުމަތްތައް ޤާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
މޯލްޑިވްސް 2.0 ގެ ބޭނުމަކީ އީ ވޯޓިންއެއް ނޫން: އިހުސާން
1 މަސް ކުރިން
0
މޯލްޑިވްސް 2.0 ސަމިޓް އިފުތިތާހުކޮށްފި
2 މަސް ކުރިން
0
މާލޭގައި މުޒާހަރާ ކުރަން އެއްވެވޭނެ އިތުރު ތަންތަން ކަނޑަައަޅައިފި
2 މަސް ކުރިން
0
އިމާރާތުން ވެއްޓުނު ޒުވާނާގެ މައްސަލާގައި ދެ ވަޒީރަކާ މަޖިލީހުން ސުވާލުކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި
7 ގަޑިއިރު ކުރިން
0
ކައުންސިލަރުންނަށް ހާއްސަ ހަތީބު ކޯހުގެ 50 ފުރުސަތަށް ހުޅުވާލައިފި
7 ގަޑިއިރު ކުރިން
0
މެޑަމް ސާޖިދާ ޔޫއޭއީއަށް ފުރާވަޑައިގެންފި
7 ގަޑިއިރު ކުރިން
0
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް ރައީސަށް ފޮނުވައިފި
8 ގަޑިއިރު ކުރިން
0