ޚަބަރު
މާލޭގައި މުޒާހަރާ ކުރަން އެއްވެވޭނެ އިތުރު ތަންތަން ކަނޑަައަޅައިފި
މާލޭގައި މިފަހުން ކުރި މުޒާހަރާއެއް -
މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރެވޭ އިތުރު ސަރަހައްދުތައް ސަރުކާރުން މިއަދު އިތުރުކޮށްފި އެވެ.

އެއްވެ އުޅުމާބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނެސްފައިވާ އިސްލާހުގެ ދަށުން ހޯމް މިނިސްޓްރީން ކަނޑައަޅާފައި އޮންނަ ގޮތުން މީގެކުރިން މާލޭގައި ހުއްދަ ނެތި މުޒާހަރާ ކުރެވެނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ. އަދި އެހެން ތަންތަނުގައި މުޒާހަރާ ކުރުމުގެ ކުރިން ފުލުހުންގެ ހުއްދަ ހޯދަން ޖެހެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ބަދަލު ގެނައީ ސުލްހަވެރިކަމާ އެކު، އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުއްދަ ނެތި މުޒާހަރާ ކުރެވޭނެ ކަމަށް މިހާރު ކަނޑައަޅާފައި ވަނީ އެންމެ ސަރަހައްދެއްގައި ކަމަށް ވާތީ، މާލޭގައި އެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން ކަމަށެވެ.

ހޯމް މިނިސްޓްރީއިންމިއަދު ވަނީ، ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނެ އިތުރު ތިން ތަނެއް ކަނޑައަޅައިފަ އެވެ. އެއީ ރަސްފަންނާއި މާލޭ އިންޑަސްޓްރިއަލް ޒޯން އާއި އުސްފަސްގަނޑެވެ.

 ފުލުހުންގެ ހުއްދަ ނެތި ސުލްހަވެރިކަމާ އެކު އެއްވެ އުޅެވޭނެ އިތުރު ތަންތަން ކަނޑައަޅައި އިއުލާންކުރީ، މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ސިލްސިލާކޮށް މުޒާހަރާ ކުރަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު