ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދުނިޔެ
ޔޫއެސްއެއިޑް އުވާލުމުން ފަގީރު ގައުމުތަކަށް ލިބޭ އެހީ ހުއްޓިދާނެ
ހަސަން ހަލީމް
04 ފެބުރުއަރީ 2025 - 11:15
0
comments
Tweet
Telegram
އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓަކީ (ޔޫއެސްއެއިޑް) އަކީ ކުށްވެރިންގެ ޖަމާއަތެއްގެ ގޮތުގައި އަދި އެތަން ހިންގަން ތިބީ ހަރުކަށި ފިކުރުގެ މޮޔައިންގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އެޑްވައިޒަރު އީލޮން މަސްކް ސިފަކުރައްވައިފި އެވެ.
ފެޑެރަލް ސަރުކާރު ކުޑަކުރުމަށް ރައީސް ޓްރަމްޕްގެ މަސައްކަތްތައް އިސްވެ ކުރިއަށް ގެންދާ ބިލިއަނަރު މަސްކް، މި އިދާރާއާ ގުޅޭގޮތުން ވާހަކަދެއްކީ ރިޕަބްލިކަން ޕާޓީގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް ވިވެކް ރާމަސްވާމީ އަދި ރިޕަބްލިކަން ސެނެޓާ ޖޯނީ އަންސްޓްއާ އެކު އެކްސްގައި ބޭއްވި ވާހަކަދެއްކުމެއްގަ އެވެ. އޭނާގެ ސަރުކާރު ހަރުދަނާކުރުމުގެ ޑިޕާޓްމަންޓުން ޔޫއެސްއެއިޑް އުވާލުމަށް އަމާޒު ހިފާފައިވާ ކަމަށް މަސްކް ބުންޏެވެ.
"މިއީ މަރާމާތެއް ނުކުރެވޭވަރުގެ އެއްޗެއް،" މި އިދާރާ އުވާލަން ޓްރަމްޕް ވެސް އެއްބަސްވާ ކަން ފާހަގަކުރަމުން މަސްކް ބުންޏެވެ. "މިހާރު މިއީ (ޔޫއެސްއެއިޑް) މަރުވަން ޖެހޭ ވަގުތު،" އޭނާ އެކްސްގައި އިތުރަށް ލިޔުނެވެ.
ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވަނީ އެހީގެ ހުރިހާ ހަރަދެއް ތިން މަސް ދުވަހަށް މަޑުޖައްސާލަަން އަންގަވައިފަ އެވެ. އެކަމަކު ފަހުން ވަނީ ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީތައް ކުރިއަށް ގެންދިއުމަށް ލުޔެއް ދެއްވައިފަ އެވެ. ނަމަވެސް އެ ޖަމިއްޔާގެ މުސްތަގުބަލާ މެދު ނުތަނަވަސްކަން އުފެދި އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮންގްރެސް އިން ވަކި ގާނޫނަކުން އުފައްދާފައިވާ މިނިވަން އިދާރާއެއް ކަމަށްވާ ޔޫއެސްއެއިޑުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީ އާއި ތަރައްގީއަށް އެހީވުމަށް ކަނޑައަޅާފައިވާ 42.8 ބިލިއަން ޑޮލަރުގެ ބަޖެޓެއް ބަލަހައްޓަ އެވެ.
ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު ޔޫއެސް އެއިޑްގެ ހަރަކާތްތަކާއި އެއެޖެންސީ މެދުވެރިކޮށް އެމެރިކާ ސަރުކާރުން ގައުމުތަކަށް ދޭ މިކުދިކުދި އެހީތައްވަނީ ހުއްޓާލާފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މިއީ ބޭކާރު ޚަރަދު ތަކެކެވެ. އަދި މިއީ ކޮރަޕްޝަނާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ޓްރަމްޕް ވަނީ ޔޫއެސް އެއިޑްގެ ކަންކަން ބަލައި މުރާޖައާ ކުރުމަށްފަހު އެ އެޖެންސީގެ މުސްތަގުބަލާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕަކީ ދަހިވެތި އުސޫލު ގެންގުޅުއްވާ ބޭފުޅަކަށްވާތީ އެންމެ ގާތީ ޔޫއެސް އެއިޑްގެ ހަރަކާތްތައް އެއްކޮށް ހުއްޓާލާގޮތަށް އޭނާ ނިންމުންކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހާރު ޔޫއެސް އެއިޑްގެ އެހީތައް ހުއްޓާލާފައިވަނީ ޔޫއެސް އެއިޑްގެ ކަންކަން ބަލައި މުރާޖައާ ކުރުމަށް ޓަކައި ވަގުތީ ގޮތުންނެވެ.
ޔޫއެސްއެއިޑުން އަންނަނީ 2001 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޔޫއެސްއެއިޑުގެ އެންމެ ބޮޑު ފަންޑިންއެއް ވަންނަނީ އަފްޣާނިސްތާނަށެވެ. މިދިޔަ އަހަރު އެ ގައުމަށް 750 މިލިއަން ޑޮލަރު (11.5 ބިލިއަން ރުފިޔާ) ގެ އެހީދޭން ކަނޑައަޅާފައިވެ އެވެ. އެ ފަންޑު މެދުވެރިކޮށް ވަކި ގައުމަށް އެންމެ ބޮޑު އެހީވާ ޖޯޑަނަށް މިދިޔަ އަހަރު ވަނީ 1.3 ބިލިއަން ޑޮލަރު (20 ބިލިއަން ރުފިޔާ) ގެ އެހީ ދީފަ އެވެ.
ޔޫއެސްއެއިޑުން މިދިޔަ އަހަރު ވަނީ 30 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. މިއަހަރަށް ވަނީ 43 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ. އެ ފަންޑު މެދުވެރިކޮށް ހާއްސަ އިސްކަމެއް ދީގެން އެހީވާ ފަންސަވީހަކަށް ގައުމު އޮތް ނަމަވެސް، އެ ފަންޑު މެދުވެރިކޮށް މިހާތަނަށް 170 އަށް ވުރެ ގައުމަށް ވަނީ އެކި ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ގަޑިއިރު ކުރިން
0
އައިސީސީއާ ދެކޮޅަށް ޓްރަމްޕް ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
8 ދުވަސް ކުރިން
0
އަސްކަރީ ހެލިކޮޕްޓަރެއްގައި ޖެހި އެމެރިކަން އެއާލައިންސްގެ ބޯޓެއް ވެއްޓިއްޖެ
9 ދުވަސް ކުރިން
0
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި: ރައީސް
11 ދުވަސް ކުރިން
0
ޓޫރިޒަމް ވިޔަފާރިތަކަށް ޑޮލަރު މާރުކުރަން ލުއެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އައިސީސީއާ ދެކޮޅަށް ޓްރަމްޕް ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
6 ގަޑިއިރު ކުރިން
0
އިމަޖެންސީގައި ދިޔަ އެމްބިއުލާންސެއް ސައިކަލެއްގައި ޖެހި އެކްސިޑެންޓު
7 ގަޑިއިރު ކުރިން
0
މަކުނުދޫ އެއާޕޯޓުގެ ވާހަކަ ރިޔާސީ ބަޔާނުގައި ނެތުމުން ހިތްހަމަނުޖެހިއްޖެ
7 ގަޑިއިރު ކުރިން
0
އޯޓިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ: ފަސްޓްލޭޑީ
13 ގަޑިއިރު ކުރިން
0