ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޔާސީ ބަޔާން: އަލަށް ކުށްކުރާ މީހުންނަށް ދައުވާ ނުކޮށް ލުއި ދެނީ
ހަސަން ހަލީމް
06 ފެބުރުއަރީ 2025 - 12:35
0
comments
Tweet
Telegram
ކުދިކުދި ކުށްތައް ދައުވާކުރުން އިތުރަށް މަދުކޮށް ނަސޭހަތް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ބާރުއަޅުއްވައި ރައީސް މުހައްމަދު މުއިއްޒު މިއަދު ވާހަކަ ދައްކަވައިފި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ތަހުގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އަޅައި އިތުރު ފުރުސަތުދީ ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކުރުމަށް އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން މުހިންމު ކަމަށެވެ.
"ނަސޭހަތުގެ އެއްބަސްވުމަކީ ގާނޫނުގައި ވަކި މިންވަރަކަށްވުރެ ލުއި އަދަބެއް ކަނޑައެޅިފައިވާ ކުށް ކުރާ މީހުންނާއި، އަލަށް ކުދި ކުށް ކުރާ މީހުން ކުށަށް އިއުތިރާފު ވާނަމަ ކުށުގެ ވެށިން ދުރުހެލިކޮށް މުޖުތަމައަށް އެނބުރި ރުޖޫއަވުމަށް ދެވޭ މުހިއްމު ފުރުސަތެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރަށް ކުރެވެން ހުރި މަސައްކަތެއް ކޮށްދޭނެ ކަމުގެ ޔަގީން ކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.
"މި ނިޒާމު ހަރުދަނާ ކުރުމަށް ތަހުގީގު ކުރާ ފުލުހުންނާއި ދައުލަތުގެ ވަކީލުންނާއި އަދި ދިފާއީ ވަކީލުންނަށް ހާއްސަ ތަމްރީންތައް ދިނުން ފަދަ ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ގަސްތުކުރާ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ދެން އެންމެ މުހިންމު ކަމަކީ ގާނޫނީ އެހީތެރިކަން ލިބޭ މިންވަރު މިހާރަށް ވުރެ އިތުރުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. ދިފާއީ ވަކީލުންގެ މައްޗަށް އެކުލެވިފައި އޮންނާނެ "ޕަބްލިކް ޑިފެންޑާސް އޮފީސް" ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ފުރިހަމަކޮށް މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ގަޑިއިރު ކުރިން
0
ރިޔާސީ ބަޔާން: ޕަބްލިކް ޑިފެންޑާސް އޮފީހެއް ހަދަނީ
3 ގަޑިއިރު ކުރިން
0
ރިޔާސީ ބަޔާން: 2024 ވަނަ އަހަރަށްވުރެ މި އަހަރުގެ އިގުތިސާދީ ކުރިއެރުން ހަލުއިވާނެ
3 ގަޑިއިރު ކުރިން
0
ތަޅުމުން މެންބަރުން ނެރުނީ މަޖިލިސް ގަވާއިދާ ހިލާފަށް: މައިނޯރިޓީ ލީޑަރު ނާޒިލް
4 ގަޑިއިރު ކުރިން
0
ރިޔާސީ ބަޔާން: މި މަހު ފްލެޓް ލިސްޓު އިއުލާން ކުރާނެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ ބަޔާން: ޕަބްލިކް ޑިފެންޑާސް އޮފީހެއް ހަދަނީ
2 ގަޑިއިރު ކުރިން
0
ރިޔާސީ ބަޔާން: 2024 ވަނަ އަހަރަށްވުރެ މި އަހަރުގެ އިގުތިސާދީ ކުރިއެރުން ހަލުއިވާނެ
3 ގަޑިއިރު ކުރިން
0
ތަޅުމުން މެންބަރުން ނެރުނީ މަޖިލިސް ގަވާއިދާ ހިލާފަށް: މައިނޯރިޓީ ލީޑަރު ނާޒިލް
3 ގަޑިއިރު ކުރިން
0
ރިޔާސީ ބަޔާން: މި މަހު ފްލެޓް ލިސްޓު އިއުލާން ކުރާނެ
4 ގަޑިއިރު ކުރިން
0