ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޔާސީ ބަޔާން: 2024 ވަނަ އަހަރަށްވުރެ މި އަހަރުގެ އިގުތިސާދީ ކުރިއެރުން ހަލުއިވާނެ
އަލީ ރާޒީ
06 ފެބުރުއަރީ 2025 - 14:10
0
comments
Tweet
Telegram
އެކި ދާއިރާތަކުން ޤައުމު ކުރިއަރުވައި ފާގަތި މުސްތަޤްބަލެއް ހޯދުމަކީ އަމާޒު ކަމަށާއި، އެގޮތުން ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ބަލާއިރު، 2024 ވަނަ އަހަރަށްވުރެ މި އަހަރުގެ އިޤުތިޞާދީ ކުރިއެރުމުގެ ދުވެލި ހަލުއި ވާނެ ކަމުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި ފަދައިން ވިދާޅުވީ، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވައި، ޤައުމާ މުޚާޠަބުކުރައްވައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި، އިޤްތިޞާދީ ރޮނގުން ފުޅާ ދާއިރައެއްގައި އެ މަނިކުފާނު ވަނީ ވާހަކަފުޅުދައްކަވާފަ އެވެ.
އެ ގޮތުން 2025ވަނަ އަހަރު ރާއްޖޭގެ އިޤުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާކުރެއްވޭ ކަމުގައި ރައީސް ވިދާޅުވި އެވެ. މީގެއިތުރުން ނިމިދިޔަ 2024 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ރަސްމީ ރިޒަރވް އިތުރުވި އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށާއި، މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒަރވްގައި ހުރި މިންވަރަށް ވުރެ 14 އިންސައްތަ އިތުރު އަދަދެއް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.
ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ޙައްޤުގައި ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވްމާ ކަމެއް ކަމުގައި ވާހިނދު، ބޭރު ފައިސާއާބެހޭ ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރައްވަން ފެއްޓެވުމަކީ މިގޮތުން އެޅުއްވުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމުގެ ހެޔޮ ބަދަލުތައް ދާދި އަވަހަށް ފެންނަން ފަށާނެ ކަމުގައި ވިދާޅުވެ، ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފަށައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފަށައިގެން ދިވެހި ވިޔަފާރިވެރީން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރައްވާނެ ކަމަށެވެ.
އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމާއި، 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަ މިއާއެކު 45 އަހަރަށްފަހު ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް މި ދިޔަ އަހަރު ގެނެވުނު ބަދަލާއެކު ދިވެހިރާއްޖެއަކީ، އިންވެސްޓަރުންގެ މެދުގައި ވާދަވެރި އަދި ޝައުޤުވެރި މަންޒިލަކަށް ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިގްތިޞާދުގެ ހަކަތަ ކަމުގައި ވިދާޅުވެ، ބަޔާން ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި، 374 ވިޔަފާރިއަކަށް ޖުމްލަ 198 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވި، ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުމަށް ލުއި ތަކެއް ފޯރުކޮށްދެވިފައިވާކަމަށެވެ.
"ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރިއަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ދިވެހީންގެ އުފެއްދުންތެރިކަމުގެ "މައުރަޒު 2025" މިއަހަރުގެ މޭމަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާ، މި ކަމުގެ ސަބަބުން ދިވެހި އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދެވި، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދެވި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތަނަކުން މިފަދަ އުފެއްދުންތައް ފެންނާނޭފަދަ މާހައުލެއް ގާއިމުކޮށްދެވޭނެ" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ޚަރަދުތައް އިތުރުވިޔަނުދީ ހިފެހެއްޓުމަކީ އިޤުތިޞާދީ ސިޔާސަތުތަކުގެ އެންމެ މުހިންމު އެއް އަމާޒުކަމަށާއި، ދުނިޔޭގެ ބާޒާރުގެ އަގުތަކާއި ރާއްޖޭގެ އިޤުތިޞާދީ ހާލަތު ބަދަލުވަމުންދާގޮތަށް ބަލައި، މިއަހަރުވެސް ރާއްޖޭގެ އިންފްލޭޝަން އިތުރުވިޔަ ނުދީ، މާތް ﷲގެ އިރާދަފުޅާއެކު ހިފެހެއްޓޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް، މި ދިޔަ އަހަރެކޭ އެއް ގޮތަށް، ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަށް އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރުވެސް އަޅުއްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހި އިޤުތިޞާދުގެ މުހިންމު ބައިވެރިއަކަށް ދިވެހި ދަނޑުވެރިކަން ބަދަލުކުރައްވަން އެދިވަޑައިގަންނަވާ ކަމަށާ، ދަނޑުވެރިކަމުގެ ޚާއްޞަ އިޤްތިޞާދީ ޒޯނެއް ޤާއިމުކުރައްވައި، ރާއްޖޭގައި އުފެއްދޭ މައިގަނޑު ބާވަތްތައް، ފުޑް ސެކިއުރިޓީ ޤާއިމުކުރެވޭ މިންވަރަށް އުފެއްދުމުގެ ޚާއްޞަ މަޝްރޫޢެއް މިއަހަރު ފެށިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މަޝްރޫޢު 2028 ގައި ނިމި، އޭގެ ފައިދާ ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ކަމުގައިވެސް ރިޔާސީ ބަޔާނުގައި އެ މަނިކުފަނު ފާހަގަކުރެއްވިއެވެ.
ޤައުމުގެ އިޤްތިޞާދު އެދެވޭ، އެންމެ ހަލުވިމިނުގައި ކުރިއެރުވުމުގައި އަދި ވަކިން ޚާއްޞަކޮށް ބޭރު ފައިސާގެ މައްސަލަ ޙައްލުކުރެއްވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމުގައި ފާހަގަކުރައްވައި، ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ އެ މައްސަލަ ޙައްލު ކުރުމަށް އެ މަނިކުފާނުގެ ސަރުކާރުން އެޅުއްވި ކާމިޔާބު ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފަ އެވެ. ހަމަ މިއާއެކު ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށްއޮތް އަނެއް ބޮޑު ހުރަހަކީ، ޑްރަގުގެ ވަބާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ޤައުމަށް ލިބޭ އާމްދަނީއާއި ދައުލަތުގެ ބަޖެޓަށްވެސް ތަފްސީލީ ގޮތެއްގައި ބައްލަވައިލައްވާފައެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރައްވަން އަޅުއްވާފައިވާ ފިޔަވަޅުތައް ތަންފީޒުކުރައްވަމުން ގެންދެވުމުގެ ފައިދާތައް، މިހާރުވެސް ފެންނަމުން ދާ ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. އެ ގޮތުން، 2025 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެއްވޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ އާމްދަނީ އިތުރުވަމުންދިޔަ ނަމަވެސް، މާލިއްޔާއަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަ ހުރި ކަމުގައި ރައީސް ވިދާޅުވި އެވެ. ލިބޭ އާމްދަނީއަށްވުރެ އިތުރަށް ދައުލަތުގެ ޚަރަދުތައް މާ ބޮޑުކޮށް ހިންގުމަކީ ސަގާފަތެއްކަމަށް ހަދައި، ނިޒާމީ ގޮތުން ތަރުތީބުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަވަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ކަމުން، ޚަރަދު ކުޑަކުރުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކާއެކު، އަމާޒަކީ މި އަހަރު، ބޮޑުތަނުން ޑެފިސިޓް ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުން ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
"2030 އާ ހަމައަށްދާއިރު ޤައުމުގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައި.ސީ.ޓީ ދާއިރާގެ ހިއްޞާ 15 އިންސައްތައަށް މަތިކޮށް، ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުން ޚާއްޞަ އަހަންމިއްޔަތެއް ދެއްވައިގެން ކުރިޔަށް ގެންދަވާ މަސައްކަތެއް" ރައީސް ވިދާޅުވި އެވެ.
ހަމަ މި މޭރުމުން ރައީސް ވަނީ ފަތުރުވެރިކަމުގެ ދައިރާއަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އަމާޒަކީ، މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތްކުރުން ކަމަށާއި، މި އަމާޒު ޙާޞިލުކުރުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު ގައި ގެނައުމަށް ހަމަޖެހިފައި އޮތް އިރު، މިކަމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ޤައުމީ އެއަރލައިންގައި ސީދާ ރާއްޖޭން އުދުހެން ފެށޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ބޭންކިންގ ޚިދުމަތް އެ ރައްޔިތަކު ދިރިއުޅޭ ފަސްގަނޑަކުން ލިބޭނޭގޮތް ފަހިވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ޤަބޫލުފުލުކުރައްވާ ކަމަށާ، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ކިތަންމެ އާބާދީ ކުޑަޔަސް، ބީ.އެމް.އެލްގެ އޭޓީއެމް ބެހެއްޓި ޚިދުމަތް ދޭން ފެށޭނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ގަޑިއިރު ކުރިން
0
ރިޔާސީ ބަޔާން: ޕަބްލިކް ޑިފެންޑާސް އޮފީހެއް ހަދަނީ
3 ގަޑިއިރު ކުރިން
0
ތަޅުމުން މެންބަރުން ނެރުނީ މަޖިލިސް ގަވާއިދާ ހިލާފަށް: މައިނޯރިޓީ ލީޑަރު ނާޒިލް
5 ގަޑިއިރު ކުރިން
0
ރިޔާސީ ބަޔާން: މި މަހު ފްލެޓް ލިސްޓު އިއުލާން ކުރާނެ
5 ގަޑިއިރު ކުރިން
0
ރިޔާސީ ބަޔާން: އަލަށް ކުށްކުރާ މީހުންނަށް ދައުވާ ނުކޮށް ލުއި ދެނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ ބަޔާން: ޕަބްލިކް ޑިފެންޑާސް އޮފީހެއް ހަދަނީ
3 ގަޑިއިރު ކުރިން
0
ރިޔާސީ ބަޔާން: 2024 ވަނަ އަހަރަށްވުރެ މި އަހަރުގެ އިގުތިސާދީ ކުރިއެރުން ހަލުއިވާނެ
3 ގަޑިއިރު ކުރިން
0
ތަޅުމުން މެންބަރުން ނެރުނީ މަޖިލިސް ގަވާއިދާ ހިލާފަށް: މައިނޯރިޓީ ލީޑަރު ނާޒިލް
3 ގަޑިއިރު ކުރިން
0
ރިޔާސީ ބަޔާން: މި މަހު ފްލެޓް ލިސްޓު އިއުލާން ކުރާނެ
5 ގަޑިއިރު ކުރިން
0