ޚަބަރު
ކެފޭ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާ ބަންދަށް، އަނިޔާވި މީހާ އައިސީޔޫގައި
ކެފޭ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހާގެ ވަނަވަރު --
މިދިޔަ އަންގާރަ ދުވަހު މާވެޔޮ މަގުގައި ހުރި ކެފޭއެއްގެ ބަދިގެ ތެރޭގައި ދެ ބިދޭސީއެއްގެ މެދުގައި ހިންގި މާރާމާރީއާ ގުޅިގެން، އޭގެ ތެރެއިން ނޭޕާލްގެ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިމާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ ސިއްދާރްތާ ގުރުންގްއެވެ.

މިމަހުގެ 4 ވަނަ ދުވަހު މެންދުރު މިމާރާމާރީ ހިންގާފައިވަނީ ކެފޭގެ ކައްކާއަކަށް އުޅޭ ނޭޕާލް މީހަކާއި ހެލްޕަރަކަށް އުޅޭ ބަނގްލަދޭޝް މީހަކާ ދެމެދުއެވެ. މިމާރާމާރީގައި އަނިޔާވި ބަންގްލަދޭޝް މީހާއަށް އަންނަނީ ފަރުވާދެމުންނެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކުރި ނޭޕާލް މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އޭގެއިން ފެންނަ ގޮތުގައި ތަނޅުންގަނޑު މަތީގައި އެކަކު އޮންނަނީ އަނެއް މީހާގެ ގައިމަތީގަ އެވެ. ދެ މީހުން ލައިގެން ތިބި ޓީޝާޓު ލެއިން ފޯވެފައިވާއިރު، އެތަކުގެ މުށިތަކުގައިވެސް އޮތީ ލެ އެވެ.


މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު