ޚަބަރު
ވޭޕް ބޭނުންކޮށްގެން މިހާތަނަށް ޖޫރިމަނާގެ ގޮތުގައި 130500ރ.
ވޭޕް ބޭނުންކުރި މައްސަލައިގައި މިހާތަަނަށް 130،500 ރުފިޔާގެ ޖޫރިމަނާ ކޮށްފައި ވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިދިޔަ ޖެނުއަރީ 1، އިން ފެށިގެން ޖެނުއަރީ 31، ގެ ނިޔަލަށް ވޭޕް ބޭނުން ކުރުމުގެ 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު 15، އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކޮށްފައިވާއިރު، ޑިސެމްބަރު މަހު އެކަނިވެސް 20 މައްސަލައެއްގައި 17 މީހަކު ޖޫރިމަނާ ކޮށްފައިވެ އެވެ.

އެހެންކަމުން މިހާތަނަށް ބޭޕް ބޭނުންކޮށްގެން ކުރި ޖޫރިމަނާ ވަނީ 130،500 ރުފިޔާއަށް އަރާފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ހިލޭ މީހަކަށް ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. އަދި ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000ގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.

އަދި ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އަންނާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު