ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ވަކިކުރަން ސަރުކާރުން ވަނީ ރާވާފައި: އެމްޑީޕީ
އިސްމާއިލް ރިޒާ
08 ފެބުރުއަރީ 2025 - 21:39
0
comments
Tweet
Telegram
ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި، އެ ކޯޓުގެ ތިން ފަނޑިޔާރަކު ވަކި ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން މިއަދު ބުނެފި އެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ސަރުކާރުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލާ ދެކޮޅަށް، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ތުހުމަތުކޮށްފައެވެ.
"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މިހާރު ރާވާފައިވާއިރު، ހުސްވާ މަގާމުތަކަށް މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ އިތުރުން، މިހާރު މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު އައްޔަނުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ،" އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނީ ފަނޑިޔާރުން ވަކި ކުރުމުގެ އިތުރުން އެހެން ގޮތްގޮތަށް ވެސް އެންމެ މަތީ ކޯޓަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށާއި، އެހެނިހެން ގޮތް ގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން،" އެމްޑީޕީން ބުންޏެވެ.
މި ތުހުމަތުތަކާ އެކު އެމްޑީޕީން ވަނި، އެ ކަން ވަގުތުން ހުއްޓައިލުމަށް ސަރުކާރަށް ގޮވާލައިފައެވެ. އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގައި އެ ޕާޓީން އަބަދު ވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން އެދި ސުޕްރީމް ކޯޓަށް އަލީ ހުސައިން މައްސަލަ ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެންބަރު 20ވަނަ ދުވަހެވެ.
ނަމަވެސް، މިއަދާ ހަމައަށް ވެސް މި މައްސަލަ ބަލަން ފަށާފައެއް ނުވެ އެވެ.
މި މައްސަލައަށް ތަދައްޚުލުވާން އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ވެސް ވަނީ ނިންމައިފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ރިޔާސީ ބަޔާން އިއްވާ ދުވަހު އެމްޑީޕީން މަޖިލިސް ގޭދޮށަށް އެއްވަނީ
4 ދުވަސް ކުރިން
0
ފިރިމީހާ މަރާލި މައްސަލައިގައި ހުކުމް އިއްވަން ސުޕްރީމް ކޯޓުން ތާވަލުކޮށްފި
11 ދުވަސް ކުރިން
0
އެމްޑީޕީގެ ފުދިއްޖެ، ފުނޑިއްޖެ ހިނގާލުން ރޭގަނޑަށް ބަދަލުކޮށްފި
16 ދުވަސް ކުރިން
0
އެމްޑީޕީގެ ހަރުގެ އަތުލި މައްސަލާގައި ކުރި ދައުވާ އަނބުރާ ގެނެސްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ވަކިކުރަން ސަރުކާރުން ވަނީ ރާވާފައި: އެމްޑީޕީ
2 ގަޑިއިރު ކުރިން
0
ބައި އިލެކްޝަންތަކުން ޕީއެންސީއަށް ބޮޑު ކާމިޔާބެއް
2 ގަޑިއިރު ކުރިން
0
އުރީދޫ އިން ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާ އަދަދު ބޯޑުން ފާސްކޮށްފި
6 ގަޑިއިރު ކުރިން
0
ބައެއް ރަށްތަކުގައި ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި
11 ގަޑިއިރު ކުރިން
0