ހުތުބާގައި ބުނީ ކީރިތި ރަސޫލާގެ އިރުޝާދުފުޅުތަކަށް ބަލާ އިރު، މާތް ﷲ ގެ ހަޟްރަތުގައި، ހެޔޮ އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮ އަމަލު ކަމަށެވެ. މި ފަދަ ބަރަކާތްތެރި މޫސުމެއްގައި، މާތް ނަބިއްޔާ އަހުރެމެންނަށް ނަމޫނާ ދައްކަވައިފައިވާ ގޮތަށް، ހެޔޮ އަމަލުކުރުންމަތީ، ސާބިތުވެ ތިބުމަކީ، މުހިންމު ކަމެއް ކަމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
ހުތުބާގައި ވަނީ ރޯދަ މަހަށް ތައްޔާރުވަމުންދާ މުސްލިމް އަހުންނަށް ނަސޭހަތްތެރިވެފަ އެވެ.އެގޮތުން، ވޭތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާނަމަ، އެ ރޯދަ އަވަހަށް ގަޟާކުރުމަށާއި، ހީވާގިކަމާ އެކު ރަމަޟާން މަހަށް އިސްތިގުބާލުކުރާން ތައްޔާރުވުމަށް ވަނީ އެދިފައެވެ. ރޯދަ މަހުގެ އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވައި، ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފުކުރުން އޮތްކަމެއް ނޫންކަމަށާއި، ފިތުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، ރަމަޟާން މަސް ނިމުމުގެ ކުރީން އެ ޒަކާތް ދެއްކުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ."ރޯދަ މަހަށް ތައްޔާރުވަމުންދާ މުސްލިމް އަހުންނޭ. ވޭތުވެ ދިޔަ އަހަރުގެ ފަރުޟު ރޯދައެއް ގަޟޯކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ގަޟޯކުރޭ. ހީވާގިކަމާ އެކު، ރޯދަ މަހަށް އިސްތިގުބާލުކުރާން ތައްޔާރުވޭ. ރޯދަ މަހުގެ އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވާ. ރޯދަ މަހަށް ތައްޔާރުވުމަކީ، އިސްރާފުކުރުން އޮތްކަމެއް ނޫން. ފިޠުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، ރޯދަ މަސް ނިމުމުގެ ކުރީން އެ ޒަކާތް ދައްކާ. ދީލަތިކަން އިތުރުކުރޭ. އޯގާތެރި މަޑުމައިތިރި މީހަކަށްވޭ. ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކާ ދުރުހެލިވޭ. ކެތްތެރިކަން އިތުރުކުރޭ. ދޮގުހެދުމާއި، ފުރައްސާރަކުރުމާ ދުރުހެލިވޭ. ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ތިބާގެ ގުނަވަންތަކުން އަދާކުރާންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް، ކުށްތަކާ ދުރުހެލިކުރޭ." ހުތުބާގައިވެ އެވެ.
ސުވަރުގެވަނުމަށް މަގުކޮށާ ބަޔަކު ކަމުގައިވާ ނަމަ، ކީރިތި ގުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތަށް އަމަލުކުރުމަށް ހުތުބާގައި ގޮވާލާފައިވެ އެވެ. ނޭނގެއޭ ބުނެ، ބަރަކާތާއި ރަހުމަތުގެ ދުވަސްތައް ނަގައިނުލުމަށް ނަސޭހަތްތެރިވެފައިވެއެވެ. ދީނީ ދަރުސްތައް އަޑުއަހައި، ދީނުގެ ހުކުމްތައް އޮޅުންފިލުވައި ތިމާގެ އަމިއްލަ ނަފުސު އިސްލާމީ އިލްމުން މުއްސަނދިކުރުމަށް ހުތުބާގައި އިލްތިމާސްކޮށްފައިވެ އެވެ.
ޝަޢުބާން މަހާ ގުޅޭގޮތުން ޚުތުބާގައި އިތުރަށް ބުނީ، ޝަޢުބާން މަހުގެ 15 ވިލޭރޭގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ހަދީޘްތަކަކީ ސައްހަ ނޫން ޙަދީޘްތަކަކަށް ވާތީވެ، އެއީ އިތުބާރު ހުރި ބޮޑެތި އިލްމުވެރިން ގަބޫލު ނުކުރައްވައި ރައްދު ކުރައްވައިފައިވާ ހަދީޘްތަކެއް ކަމަށެވެ.ސުވަރުގެވަނުމަށް މަގުކޮށާ ބަޔަކު ކަމުގައިވާނަމަ ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތަށް އަމަލުކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ނޭނގެއޭ ބުނެ، ބަރަކާތާއި ރަޙުމަތުގެ ދުވަސްތައް ނަގައިނުލައި، ދަންނަ މީހުން ކުރެން އަހައި، އޮޅުންފިލުވުމަށް ވަނީ އެދިފަ އެވެ. އަދި ދީނީ ދަރުސްތައް އަޑުއަހައި، ދީނުގެ ހުކުމްތައް އޮޅުންފިލުވައި، ތިމާގެ އަމިއްލަ ނަފުސު އިސްލާމީ ޢިލްމުން މުއްސަނދިކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.