ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މިފްކޯއިން މަސްވެރިންނަށް 7 މިލިއަން ރުފިޔާ ދޫކޮށްފި
މަރިޔަމް އަނާ
14 ފެބުރުއަރީ 2025 - 14:19
0
comments
Tweet
Telegram
މަސްވެރިން ކިރާ މަހަށް 24 ގަޑިއިރު ތެރޭ ފައިސާ ދޭން ފެށި ފަހުން އެއް ދުވަސް މަތީން މަސްވެރިންނަށް އެންމެ ގިނަ ފައިސާ މިއަދު ޖަމާކޮށްދީފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މިފްކޯ އިން ބުނީ 48 މަސް އޮޑިއަށް 7.65 މިލިއަން ރުފިޔާ މިއަދު ޖަމާކޮށްދީފައިވާ ކަމަށެވެ. އެއީ، މިދިޔަ ބުދަ ދުވަހު މަސް ދޯނިތަކުން ކިރާފައިވާ މަހުގެ އަގު ކަމަށް މިފްކޯ އިން ބުނެ އެވެ.
މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް 1.18 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ.
މަސްވެރިންނަށް 24 ގަޑިއިރު ތެރޭ ފައިސާ ދޭން ފަށައި، ފުރަތަމަ ޕޭމަންޓު ޖަމާކުރީ މިދިޔަ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހެވެ. އެ ދުވަހު މަސްވެރިންނަށް ދޫކޮށްފައިވަނީ 2،045،823.37 ރުފިޔާއެވެ.
މި ފަހުން ދެން އެންމެ ގިނައިން މަސް ކިރާފައިވަނީ މި މަހުގެ އަށްވަނަ ދުވަހެވެ. އެ ދުވަހު ވަނީ 6.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެ ފައިސާ ދޫކޮށްފައިވަނީ 60 މަސް އޮޑިއަކަށެވެ.
ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މަސްކިރާ މިންވަރު އިތުރުވާން ފަށައިފި ކަމަށް ޖެނުވަރީ މަހުގެ 12ވަނަ ދުވަހު މިފްކޯއިން ބުންޏެވެ. މިފްކޯގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޖަނަވަރީ މަހު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 280 މެޓްރިކު ޓަނުގެ މަސް އެ ކުންފުންޏަށް ކިރިއެވެ. އެކަމަކު، މި ދޭތެރެއިން މިފްކޯއިން މަސް ގަންނަ އަދަދު ވަރަށް ބޮޑަށް ދަށްވި ކަމަށް ހިސާބުތަކުން ދައްކައެވެ.
މަސްވެރި ސިނާއަތް ކުރިއެރުވުމަކީ މި ސަރުކާރުން އިސްކަމެއްދޭ ސިނާއަތެކެވެ. މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ. އެގޮތުން މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ.
މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް ވެސް ތެޔޮ ވިއްކައެވެ. އަދި އެ ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ދަނީ ކަނޑަމުންނެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ގަޑިއިރު ކުރިން
0
މަސްދަޅު ދޫކުރަން އޮންލައިންކޮށް ނަންބަރު ނެގޭ ޕޯޓަލްއެއް ތައާރަފްކޮށްފި
9 ގަޑިއިރު ކުރިން
0
އޮންލައިން ޓޯކަން އަށް މަސްދަޅު ކޭސް ނެގޭގޮތް ހަދަނީ
1 ދުވަސް ކުރިން
0
9000އަށް ވުރެ ގިނަ މަސްދަޅު ކޭސް މާލޭ ސަރަހައްދަށް ބަހައިފި
2 ދުވަސް ކުރިން
0
މަސްދަޅު ބަހާ ތަންތަނަށް ބަދަލު ގެނެސް، ބެހުމުގެ މަސައްކަތް ރޭގަނޑަށް ބަދަލުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަސްދަޅު ދޫކުރަން އޮންލައިންކޮށް ނަންބަރު ނެގޭ ޕޯޓަލްއެއް ތައާރަފްކޮށްފި
3 ގަޑިއިރު ކުރިން
0
ހއ. ދިއްދޫގައި ވެމްކޯގެ ހިދުމަތް ފަށައިފި
3 ގަޑިއިރު ކުރިން
0
މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.6 ބިލިއަން ރުފިޔާ
3 ގަޑިއިރު ކުރިން
0
އޮންލައިން ޓޯކަން އަށް މަސްދަޅު ކޭސް ނެގޭގޮތް ހަދަނީ
9 ގަޑިއިރު ކުރިން
0