ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އިމްޕޯޓު ޑިޔުޓީން ލިބުނު އާމްދަނީ ދަށްވީ ޗައިނާ އެފްޓީއޭ އާ ހެދިއެއް ނޫން
އިސްމާއިލް ރިޒާ
16 ފެބުރުއަރީ 2025 - 12:36
0
comments
Tweet
Telegram
ޗައިނާއާއެކު ސަރުކާރުން ވެފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ)އާ ރާއްޖޭގެ އިމްޕޯޓު ޑިއުޓީގެ އާމްދަނީ ދަށްވުމާ ގުޅުމެއް ނެތް ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިމްޕޯޓު ޑިޔުޓީގެ ގޮތުގައި ލިބިފައިވާ 138 މިލިއަން ރުފިޔާ އަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 64 ޕަސެންޓުގެ ވެއްޓުމެކެވެ. މިގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި އިމްޕޯޓު ޑިޔުޓީގެ ގޮތުގައި 384 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު މި ވަނީ 247 މިލިއަން ރުފިޔާގެ ވެއްޓުމެއް އައިސްފަ އެވެ.
އިމްޕޯޓު ޑިޔުޓީ މިހާ ބޮޑުތަނުން ދަށްވެފައިވަނީ، މި އަހަރުން ފެށިގެން ޗައިނާ އާ އެކު ސޮއިކޮށްފައިވާ އެފްޓީއޭ އަމަލުކުރަން ފަށާފައިވަނިކޮށެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭން ޗައިނާއަށް ބޭރުކުރާ މުދަލުން ޑިޔުޓީ ކަނޑާލާފައިވާއިރު، އޭގެ ބަދަލުގައި ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ގިނަ ބާވަތްތަކުން ވެސް މިހާރު ޑިޔުޓީއެއް ނުނަގަ އެވެ.
ޕީއެސްއެމްގައި ރޭ ބޭއްވި "އަހާ ފޯރަމް" ގައި ޗައިނާ އެފްޓީއޭ އާ ގުޅުވައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ސައީދު ވިދާޅުވި ގޮތުގައި، އެ އެއްބަސްވުމުގެ ދަށުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޗައިނާއިން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް ގެނެސްފަ އެވެ.
"މީގެ ސީއައިއެފް ވެލިއު އަކީ 34 މިލިޔަން ރުފިޔާ. އޭގެތެރެއިން އެފްޓީއޭގެ ލުއި ލިބިފައިވަނީ 2.3 މިލިޔަން ރުފިޔާ،" ސައީދު ވިދާޅުވި އެވެ.
އެ އަދަދަކީ ޖުމްލަ އިމްޕޯޓުގެ އެއް ޕަސެންޓްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އިމްޕޯޓް ޑިއުޓީ އިން ލިބުނު އާމްދަނީ ދަށްވުމާއި ޗައިނާ-ރާއްޖެ އެފްޓީއޭއާ ގުޅުމެއް ނެތް ކަމަށެވެ.
ޗައިނާ-ރާއްޖެ އެފްޓީއޭއަށް އަމަލުކުރަން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ މުދަލުގެ 91 ޕަސެންޓް މުދަލުން ޑިއުޓީ ނުނަގާއިރު، ރާއްޖޭން ޗައިނާއަށް އެކްސްޕޯޓް ކުރާ މަހުގެ ހުރިހާ ބާވަތްތަކުން ޑިއުޓީ މައާފުވާނެ އެވެ. މީގެތެރޭގައި، ތާޒާ، ފިނިކޮށް ގަނޑުކޮށްފައި ހުންނަ ކަޅު ބިލަމަހާއި ފާނައިގެ ބާވަތްތަކާއި އަދި ކަންނެލީގެ ބާވަތްތަކާއި މަސް ދަޅާއި ވަޅޯ މަހާއި ލޮނު މަހުގެ އިތުރުން ސީފުޑްގެ ބާވަތްތައް ވެސް ހިމެނެ އެވެ.
ރާއްޖެއަށް އަހަރަކު 700 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރާ ޗައިނާއާ ދެމެދު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސަރުކާރުން ވަނީ ޗައިނާ އާއި ރާއްޖޭގެ ވިޔަފާރި އަހަރު އެއް ބިލިއަން ޑޮލަރަށް މަތި ކުރާނެ ކަމަށް ބުނެފަ އެވެ.
ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކަށް ފަހު ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްވީ 2017ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އެކަމަކު، އެއަށް ފަހުގައި އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެއް ނުވެއެވެ.
އެއަށް އަނެއްކާ އަމަލުކުރަން ފެށީ މި ސަރުކާރުން މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ރޯދަމަހު މުދާ އުފުލޭ ވަގުތުތައް ކަނޑައަޅައިފި
6 ދުވަސް ކުރިން
0
އަސާސީ މުދަލެއްގެ އަގު ބޮޑުވާނަމަ އެކަން ހުއްޓުވާނަން: ސައީދު
8 ދުވަސް ކުރިން
0
ސައުދީއާ ވިޔަފާރި ގުޅުން ބަދަހިކުރާ އެމްއޯޔޫއަށް ރުހުން ލިބިއްޖެ
12 ދުވަސް ކުރިން
0
ރޯދަމަހު ކެފޭ އާއި ފިހާރަތައް ހުޅުވޭނެ ގަޑިތައް ކަނޑައަޅައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް25ގެ މޮޑެލްތައް ދިރާގުން ރާއްޖޭގައި ލޯންޗުކޮށްފި
9 ގަޑިއިރު ކުރިން
0
ގަމުގެ އިހުތިސޯސްގައި ބޮޑުފިނޮޅު ހިމަނައިފި
9 ގަޑިއިރު ކުރިން
0
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަމަހު 9ގައި
9 ގަޑިއިރު ކުރިން
0
9000އަށް ވުރެ ގިނަ މަސްދަޅު ކޭސް މާލޭ ސަރަހައްދަށް ބަހައިފި
9 ގަޑިއިރު ކުރިން
0