ޚަބަރު
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވައިފި
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ/ ޖޭއެސްސީ
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން އުޅުއްވާ ކަހަލަ އިޝާރާތެއް ދެއްވައިފި އެވެ.

ވަކީލުކަމާ އަލަށް ގުޅުނު ވަކީލުން ހުވާކުރަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެ މަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި އެފަދަ ޖަލްސާތަކުން ކުރިއަށް އޮތްތަނުގައި ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެެވެ.

"އަޅުގަނޑަކީ މިހާރު ދުވަސްވީ މީހެއް. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާގައި 32 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން، އެ ދާއިރާ އަށް އަލަށް ނުކުންނަ މީހުންނަށް ދެއްވަން ބޭނުންފުޅުވާ ގިނަ ނަސޭހަތްތަކެއް އެބަހުރި ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅު ގޯސްވެގެން މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފަ އެވެ. އެފަހަރު ފަރުވާ ދިނީ އެ މަނިކުފާނުގެ މައިބަދައަށް އެރި ތަދަކާ ގުޅިގެނެވެ.

އުއްތަމަ ފަނޑިޔާރު ވެސް އިންނަވައިގެން ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރި ގޮތުގެ މައްސަލައެއް މިއަދު ސުޕްރީމް ކޯޓުގައި މިއަދު ފެށި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު