ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަސް: ރައީސް
މަރިޔަމް އަނާ
21 ފެބުރުއަރީ 2025 - 11:03
0
comments
Tweet
Telegram
ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް ކަމަަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ތަޙްނިޔާ ފޮނުއްވަވާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހިދިދަ ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާދަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ "ދިވެހި"ބަހާ ކަމަށެވެ.
އެގޮތުން މާޒީގައާއި، މިއަދު އަދި މާދަމާވެސް ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރަނީ ނެތެމުންދާ ބަސްތަކުގެ މަތިން ހަނދާކޮށް، އެ ބައެއްގެ މާދަރީބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ޢަޒުމް ކަނޑައަޅައި ދުވަހެއްގެ ގޮތުގައެވެ. ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަން އދ.ން ނިންމީ 1999 ވަނަ އަހަރުއެވެ. މި އަހަރަކީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރަން ފެށިތާ 25 އަހަރު ފުރޭ ރިހިޔޫބީލެވެ. މާދަރީބަހުގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށް ބަސް މުހިންމު އެއްޗަކަށް ހަދާށެވެ"އެވެ.
ދިވެހިންގެ މާދަރީބަސްކަމުގައިވާ ދިވެހިބަހަކީ ދިވެހިންގެ އަމިއްލަވަންތަ ބަހެވެ. މީގެ އެތައް ހާސް އަހަރެއް ކުރިން މި ރާއްޖޭގައި އުޅުނު މީހުން ވާހަކަދައްކަމުން އައި ބަހެވެ. ހަމައެކަނި މި ބަހަށް ޚާއްސަ އަކުރުތަކަކާއި އަޑުތަކެއްވެއެވެ. ދިވެހި ބިމާއި ކަނޑާއި ފަޅުތައް އެންމެ ރީތިކޮށް ސިފަކޮށްދެވޭނީ މި ބަހުންނެވެ. ދިވެހިންގެ އުޅުންތަކާއި ސަގާފަތާއި އާދަކާދަ އެންމެ ރީތިކޮށް ބަޔާންކޮށްދެވޭނީވެސް ދިވެހިބަހުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ދުވަސް ކުރިން
0
ޝީޝާ މަނާކޮށް ހަކުރު ސަބްސިޑީ ކަނޑާލަން މަޝްވަރާއެއް ނުކުރަން: ރައީސް
5 ދުވަސް ކުރިން
0
މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބުދޭ ގާނޫނަށް އަމަލުކުރަން ފަށައިފި
7 ދުވަސް ކުރިން
0
އުނގުލު އުނގޫފާރަށް، އަދި ވަށަފަރަށް ކަނޑާލިފިނޮޅު ދީފި
7 ދުވަސް ކުރިން
0
މަޝްރޫއުތައް ހުއްޓާލި ރަށްތަކުގެ ތަފްސީލު ދޭން އެމްޑީޕީން އެދެފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ނުފުރިތިބި 1888 ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިން
3 މިނެޓް ކުރިން
0
ސައުދީގައި ތާށިވި 50 އުމްރާވެރީން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ
18 މިނެޓް ކުރިން
0
ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުމުން ވާނީ އިންކާރުކޮށްފައި: ހަލީލް
25 މިނެޓް ކުރިން
0
އިންތިހާބީ ކަލަންޑަރަށް ބަދަލު ގެނައުން އޮތީ ރައްޔިތުންގެ އަތްމަތީގައި!
3 ގަޑިއިރު ކުރިން
0