
ޖޭއެސްސީގެ އިއްޔެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް އެ ކޮމިޝަނުގައި ހުންނަ ވަކީލުންގެ މެންބަރު ވޯޓު ދެއްވި ގޮތް ހޯދަން ވަކީލުންތަކެއް މިއަދު ވަނީ އެ ކޮމިޝަނަށް ގޮސްފަ އެވެ. ސިޓީ ހުށަހެޅީ އެ ތަނުގައި ތިބި ހުރިހާ ވަކީލުންގެ ސޮޔާއެކު އެވެ.އެ ކޮމިޝަނުގައި ހުންނަ ވަކީލުންގެ މެންބަރަކީ އަލީ އަބްދުއްލަތީފެވެ.ޖޭއެސްސީ އިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ.