ޚަބަރު
މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީން އަޒާން ވަކިކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި 241 ކޮމެޓީން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވަކިކޮށްފި އެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އަޒާން އެ ކޮމިޓީތަކުން ދުރުކޮށްފައި މި ވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށްޓަކައި ގާނޫނު ބަދަލުކުރުމާ ދެކޮޅު ހައްދަވައި އެ ބިލާ ގުޅިގެން ޕީޖީން ނެރުނު ވިޕްލައިންއާ ހިލާވެފައި ވަނިކޮށެވެ.

ދެ ކޮމިޓީއަކުން އަޒާން ވަކިކޮށް، އެހެން ދެ ކޮމިޓީއަކަށް އޭނާ އައްޔަންކޮށްފައިވާކަން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާން ކުރައްވާފަ އެވެ.

އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ. 241 ކޮމިޓީއަށް އައްޔަން ކުރީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.

އެ ދެ ކޮމިޓީގެ ބަދަލުގައި އަޒާން އައްޔަން ކޮށްފައިވަނީ ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު