ހޯރަފުށި އެއާޕޯޓް ޓާމިނަލްގެ މުށިތައް މިހާރު ހިފަހައްޓަނީ ޓޭޕް އަޅައިގެން..!
އަހުމަދު ނިހާން
06 މާޗް 2025 - 19:08
0 comments
ހޯރަފުށި އެއާޕޯޓް ޓާމިނަލްގެ މުށިތަަކުގައި ޓޭޕް އަޅައިފަ - ފޮޓޯ: ކިއުންތެރިއެއް
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ހިންގާ ހއ. ހޯރަފުށި އެއާޕޯޓަށް ޓާމިނަލްގައި ޖަހާފައިހުރި މުށިތައް ހަލާކުވެގެން ނެއްޓޭތީ "ޓޭޕް" އަޅައިގެން ހަރުކޮށްފި އެވެ.
ރާއްޖޭގެ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސެޓިފައި ކުރި ހޯރަފުށި އެއާޕޯޓުގެ މަރާމާތުގެ މަސައްކަތް މިފަހުން ނުކުރާތީވެ އެއާޕޯޓްގެ މަރާމާތުގެ ގިނަމަސައްކަތް ތަކެއް ހުރީ ފުނިޖެހިފަ އެވެ. އެގޮތުން ޓާމިނަލްގައި ޖަހާފައިހުރި މުށިތައް ނެއްޓި އެއާޕޯޓް ބޭނުންކުރާ މީހުނަށް ވަނީ ދަތިވެފަ އެވެ. އަދި އެތަނުގައި ބޭނުން ކުރާ ބައެއް ސާމާނުތަކަށާއި އެކޮމޮޑޭޝަން ބްލޮކަށް ވެސް ވަނީ މަރާމާތު ކުރަން ޖެހިފަ އެވެ.ހޯރަފުށި އެއާޕޯޓުގެ މަރާމާތުގެ މަސައްކަތްތަކުގެ އަޕްޑޭޓް ހޯދުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަށް ގުޅުމުން އެ ކުންފުނީގެ އިސްވެރިއަކު ވިދާޅުވީ ތަފްސީލު ހޯދުމަށްފަހު ފަހުން ޖަވާބެއް ދެއްވާނެ ކަމަށެވެ. ފަހުން ފޯނަށް ގުޅުމުން ޖަވާބެއް ނުދެއްވަ އެވެނޮވެމްބަރު 19، 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުއްވައި ދެއްވި މި އެއާޕޯޓަކީ 198 މިލިއަން ރުފިޔާ ހޭދަ ކޮށްގެން ތަރައްގީ ކުރި އެއާޕޯޓެކެވެވެ. މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހުން ހޯރަފުށީގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.އެގޮތުން ހޯރަފުށީގެ އުމްރާނީ ތަރައްގީ މަޑުޖެހިއްޖެ ކަމަށް ބުނެ މިފަހުން ހޯރަފުށީ ކައުންސިލަރެއް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު