ދުނިޔެ
ފިލިޕީންސްގެ ކުރީގެ ރައީސް ޑުޓާޓޭ ހައްޔަރުކޮށްފި
ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ (އައިސީސީ)ގެ އަމުރަކަށް ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށްފި އެވެ.

އުމުރުން މިހާރު 79 އަހަރުގެ ޑުޓާޓޭގެ ވެރިކަމުގައި ފިލިޕީންސްއިން މަސްތުވާ ތަކެތި ނައްތާލުމަށް ކަމަށް ބުނެ ހިންގި އޮޕަރޭޝަނެއްގައި ލާއިންސާނީ އަމަލުތައް ހިންގައި މީހުން މެރުމަށް އޭނާ އަމުރުކުރެއްވި ކަމަށް އައިސީސީން ތުހުމަތުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑުޓާޓޭ ހައްޔަރުކުރީ ހޮންކޮންގްގައި ހުންނެވުމަށް ފަހު އެނބުރި ފިލިޕީންސްއަށް ވަޑައިގަތުމުން ފުލުހުންނާއި އިންޓަޕޯލް ގުޅިގެން ވެރިރަށް މެނީލާގެ އެއާޕޯޓުންނެވެ. 

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު)އިން ނެރުނު ބަޔާނެއްގައި ވަނީ ޑުޓާޓޭ ހައްޔަރު ކުރުމަކީ ޖަވާބުދާރީވުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ސިފަކޮށްފައެވެ.

ނަމަވެސް ޑޫޓާޓޭ ވަނީ އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.

ޑުޓާޓޭ ޕިލިޕީންސްގެ ރައީސްކަން ކުރެއްވީ 2016-2022 އަށެވެ.

އައިސީސީގެ އަމުރަކާ ގުޅިގެން ޑުޓާޓޭ ހައްޔަރުކުރި އިރު، ފިލިޕީންސްގެ މިހާރުގެ ނައިބު ރައީސަކީ އޭނަގެ ދަރިކަނބަލެއް ކަމަށްވާ ސާރާ ޑުޓާޓޭ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު