ދިރާގު ގުޑިފެސްޓް މާދަމާ ހުޅުމާލޭގައި ބާއްވަނީ
ހަސަން ހަލީމް
13 މާޗް 2025 - 13:32
0 comments
މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ބޭއްވި ގުޑިފެސްްޓުގެ ތެރެއިން. - ފޮޓޯ/ދިރާގު
އާންމުންގެ ތަރުހީބު ލިބިފައިވާ ދިރާގުގެ މަގުބޫލު ގުޑިފެސްޓް މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ދިރާގުން ނިންމައިފި އެވެ.
މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗުގައި، ހުޅުމާލެ ފޭސް 2 އަށް ވަންނަ ސަރަހައްދުގަ އެވެ.
ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތައް ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިރާގުގެ ފަރާތުން ގުޑިއެއް މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ. ދިރާގު ގުޑިފެސްޓަކީ ރޯދަ މަހު ދިވެހިންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑި އެރުވުމަށް ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން 2023ގައި އެ ކުންފުނިން ފެށި ހަރަކާތެކެވެ. މިގޮތުން، މިދިޔަ ރޯދަ މަސްތަކެކޭ އެއްގޮތަށް މި އަހަރު ވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާނެ އެވެ.ދިރާގުން އަންނަނީ ރޯދަ މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު