ޚަބަރު
އާއިލާތަކަށް ހާއްސަކޮށްގެން ޕެންޝަން އޮފީހުގެ ހިނގާލުމެއް
އާއިލާތަކަށް ހާއްސަކޮށްގެން ޕެންޝަން އޮފީހުން ކުރިން ބޭއްވި ހިނގާލުމެއް - ފައިލް ފޮޓޯ
އަންނަ މަހު 12ގައި ޕެންޝަން އޮފީހުން "ތްރީ ޖެން ވޯކް" ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

އާޢިލާތަކަށް ހާއްސަކޮށްގެން ޕެންޝަން އޮފީހުން ބާއްވާ މި ހިނގާލުން އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި ހަރަކާތުގައި ހުޅުމާލޭ ސެންޓްރަލް ޕާކް ވަށައިގެން 1 ކިލޯމީޓަރަށް ހިނގާލުމަށް ވަނީ ހަމަޖެހިފައެވެ. 

މި ހަރަކާތަކީ ދޮށީ އުމުރުގެ މީހުންނަށް އާއިލާތަކާ އެއްކޮށް އުފާވެރި މާހައުލެެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން އެ އޮފީހުގެ މަސައްކަތްތަކާ ގުޅޭ އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދީގެން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެ އެވެ.

މި ހިނގާލުމުގައި https://3genwalk.pension.gov.mv/ މެދުވެރިކޮށް ރަޖިސްޓްރީކޮށްލެވޭނެ އެވެ.

ކޮންމެ އަހަރަކުވެސް މި ހަރަކާތުގައި ވަކި ހާއްސަ ދާއިރާއެއް ހިޔާރުކޮށް، އެ ދާއިރާއަކުން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރެވެ އެވެ. މި އަހަރުގެ ހަރަކާތުގައި ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްފައިވަނީ ފައިނޭންޝިއަލް ލިޓްރަސީ ނުވަރަ މާލީ ހޭލުންތެރިކަމުގެ ދާއިރާއިންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު