ޚަބަރު
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
ދިވެހި ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމާ ގުޅިގެން މާލެ އާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

މާލޭގައި ރޭ ބޭއްވި ރަސްމިއްޔާތު އޮތީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިން ކުރިމަތީގަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާނެވެ. 

ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ ފަރްހާދު ފިކުރީ އާއި އިސްމާޢީލް ނަވީން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ވެސް ބައިވެރިވި އެވެ.

މާލޭގައި ބޭއްވުނު މި ރަސްމިއްޔާތުގެ އިތުރުން، ރާއްޖޭގެ އެހެން ރަށްރަށުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ބޭއްވުނެވެ. މި ރަސްމިއްޔާތުތަކުގައި އެ ރަށްރަށުގެ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޕޮލިސް ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު