ޚަބަރު
އަންހެން މީހާ ވެއްޓުން: ރައުދު ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ
ރައުދު: އޭނާ ހައްޔަރުކުރަން ކޯޓު އަމުރަކަށް ވަނީ އެދިފައި --
މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓުނު މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަހުމަދު ޒިލާލް ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރަކަށް އެދިއްޖެ އެވެ.

ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް، 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. ހާލު ދެރަވަގެން ގޮސް، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށްލީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެ އަންހެން މީހާ ދެ ދުވަސް ފަހުން ވެންޓިލޭޓަރުން ވަނީ ނަގާފަ އެވެ.  ރައުދު އަކީ އަންހެން މީހާ ވެއްޓުނު ގެއަށް އޭނާ އާއެކު ވަތް މީހާއެވެ. 

"ކެނަބިސްއަށް ފިރިހެން މީހާ ޕޮޒިޓިވެފައިވީ ނަމަވެސް، އެ ނޫން ވެސް ބާވަތްތަކުގެ ޑްރަގު ދެ މީހުން ނަގާފައިވާކަން ތަހުގީގަށް އެނގިފައިވޭ،" ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޯމިސައިޑް ޑިޕާޓްމަންޓްގެ ވެރިޔާ، ޗީފް އިންސްޕެކްޓާ ސާމިހު މުހައްމަދު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަަމަވެސް ރައުދު ހައްޔަރުކޮށްފައި ނުވާތީ އެކަމާ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައުދު ހައްޔަރުކުރަން އަމުރަކަށް އެދިފައި މިވަނީ އެ ހާދިސާ އަށް ހަފްތާއެއް ވަނިކޮށެވެ. އެ މައްސަލާގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލާ މާލޭގައި ރޭ ވަނީ ޒުވާނުން މުޒާހަރާ ވެސް ކޮށްފަ އެވެ.

ސުޖާއު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ކުރިއަށްދާ ވަރަކަށް އެ ހުރިހާ އެންމެން ވަދެ ނުކުމެ ހެދި ތަންތަން ބަލައި ފާސްކުރުމުގެ ކަންކަން ވެސް ކުރާނެ ކަމަށެވެ. އަދި މި ތަހުގީގު ނިމުމުގެ ކުރިން ތުހުމަތު ކުރެވޭ އެއްވެސް މީހަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.

ޔުމްނު އާއެކު އުޅުނު މީހުން ހައްޔަރު ކުރުމާ ބެހޭ ގޮތުން ފުލުހުން ވާހަކަދައްކާފައި މިވަނީ އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާތީ އާންމުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.

ޔުމްނު ވެއްޓުނު ރޭ، އޭނާ އާއެކު އުޅުނު ހުރިހާ އެންމެންގެ ވަނަވަރު އާންމު ކުރުމަށާއި ރައުދު ހައްޔަރު ކުރުމަށް ގޮވާލައި ރޭ ޒުވާނުން ވަނީ މުޒާހަރާއެއް ވެސް ކޮށްފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު