ޚަބަރު
ކެފޭގެ ބިއްލޫރި ރެކު ތަޅާލި މީހާ ހައްޔަރުކޮށްފި
މާލޭގެ ޓޭކްއަވޭ ތަނަކަށް ވަދެ ބިއްލޫރި ރެކު ތަޅާލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު އަޅިވިލާމަގުގެ އައިސްބްރޭކު ކެފޭއަށް ވަދެ، ފައިން ޖަހައި ރެކު ތަޅާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ސްޓާ، މުހައްމަދު ރަޒީން ކަމަށެވެ.

ސާޅީސް ނުވަ އަހަރުގެ ރަޒީންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރަޒީނަކީ އެކި ތުހުމަތުތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. އެންމެ ފަހުން ހައްޔަރުކުރީ އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު