ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު 8.8 ބިލިއަން ޑޮލަރުގެ މާލީ ޒޯނެއް ރާއްޖޭގައި ގާއިމުކުރަނީ
ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ ކުންފުންޏަކުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަށް 8.8 ބިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރަން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމްބީއެސްގެ ޝެއިހް ނާއިފް ބިން އީދު އަލް ސާނީގެ ހާޒިރުގައި މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ސެންޓަރު ގާއިމުކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމަށްފަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި މަޝްރޫއުއަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމުގެ ފެށުން ކަމަށާއި މި ސެންޓަރު މެދުވެރިކޮށް ދުނިޔޭގެ އެންމެ ވަރުގަދަ ވިޔަފާރިތަކުގެ ޝައުގުވެރިކަން ބޮޑުވާނެ ކަމަށެވެ.

މި އެއްބަސްވުމުގައި އެމްބީއެސްގެ ފަރާތުން ސޮއިކުރެއްވީ މަރުވާން އަލްހާޖެރީ އެވެ.

ފައިނޭންޝަލް ސެންޓަރު ބިނާ ކުރަނީ ތިމާވެއްޓަށް ކުރާ އަސަރުން ތަނަށް ގެއްލުމެއް ނުވާނެ ގޮތަށެވެ. އަދި އެތަނަށް ބޭނުންވާ ހަކަތަ އުފައްދަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެންނެވެ. ފައިނޭންޝަލް ސެންޓަރުގައި ކާރެއް ބޭނުމެއް ނުކުރާނެ އެވެ. އޭގެ ބަދަލުގަިއ ދަތުރު ކުރާނީ އަންޑާގްރައުންޑް ޓްރާންސްޕޯޓޭޝަން ނިޒާމަކުންނެވެ.

ފައިނޭންޝަލް ސެންޓަރު ޑިޒައިންކޮށްފައި ވަނީ އާކިޓެކްޓް ޖިއާނީ ރަނައުލޯ އެވެ. ތަނުގެ ޑިޒައިން ކޮށްފައި ވަނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށެވެ. ފައިނޭންޝަލް ސެންޓަރުގައި 780،000 އަކަ މީޓަރުގެ ބިން ތަރައްގީ ކުރާނެ އެވެ. އެތަން ބިނާ ކުރަނީ 6500 މީހުންނަށް ދިރިއުޅެވޭ ގޮތަށެވެ. އަދި ފައިނޭންޝަލް ސެންޓަރަށް ތަރައްގީ ކުރަނީ ދުވާލަކު 35،000 މީހުން އެތަނަށް ދާނެ ކަމަށް ބަލައިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު