ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތަކަށް އަޒްމިރަލްދާ އެދިވަޑައިގެންފި
އަލީ ރާޒީ
05 މެއި 2025 - 10:03
0
comments
Tweet
Telegram
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބާއްވާ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގަތުމުގެ ފުރުސަތަކަށް އޭނާ އެދިވަޑައިގެންފި އެވެ.
އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
ކޮމިޝަނުން އިއްޔެ މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ނިންމި ނިންމުން މަޖިލީހަށް އިއްޔެ ފޮނުވުމުން، އެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ރައީސް އިއުލާންކުރެއްވުމަށް މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި އަޒްމިރަލްދާ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިއަށް ގާނޫނީ ވަކީލަކާއެކު ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތެއް ދެއްވުމަށެވެ.
އަޒްމިރަލްދާގެ ސިޓީގައި އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓަކީ އަދުލު އިންސާފުގެ އެންމެ މަތީ ބާރު ކަމަށެވެ. އެހެން ކަމުން އެ ކޯޓުގެ ފަނޑިޔާރެއް މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމާއިރު، އެ ފަނޑިޔާރެއްގެ ޝަކުވާތަކެއް ހުރިކަމަށް ފާހަގަކުރާއިރު، އެ ޝަކުވާތަކުގެ އަޑު އެހުމަކީ ކޮންމެހެން ވެސް ޖުޑިޝަރީ ކޮމިޓީން ކުރަންޖެހޭނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.
"އެހެންކަމުން ފަނޑިޔާރުކަމުގެ މަގާމުން އަޅުގަނޑު ވަކިކުރުމާމެދު ތިޔަ ކޮމިޓީން ގޮތެއް ނިންމެވުމުގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ތަހުގީގާ ގުޅިގެން އަޅުގަނޑު ފާހަގަކުރަން ހުރި ކަންކަން ތިޔަ ކޮމިޓީއަށް ހާޒިރުވެ ފާހަގަކުރުމަށް ފުރުސަތު ދެއްވުމަށް ހުށަހަޅަމެވެ،" ސިޓީގައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ގަޑިއިރު ކުރިން
0
އަޒްމިރަލްދާއާއި މަހާޒު ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް
1 ދުވަސް ކުރިން
0
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީއިން ނިންމައިފި
6 ދުވަސް ކުރިން
0
ދަރާފައި ހުރި ކުންފުނިތަކަށް މަޝްރޫއުތައް ނުދޭން އަންގަން ފާސްކޮށްފި
6 ދުވަސް ކުރިން
0
ޖެނެރޭޝަނަލް ބޭން ގެނައުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ މާލީ ސެންޓަރުގެ ބިންގާ އަޅައިފި
2 ގަޑިއިރު ކުރިން
0
ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް؛ ފަތްކޮޅު ރައީސަށް އަރުވައިފި
3 ގަޑިއިރު ކުރިން
0
މަސްތުގެ ހާލަތުގައި ލޯންޗު ދުއްވަނިކޮށް އެކްސިޑެންޓުވެގެން މީހަކު ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން
0
އަޒްމިރަލްދާއާއި މަހާޒު ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް
6 ގަޑިއިރު ކުރިން
0