ޑެޕިއުޓީ ޕީޖީގެ މަގާމަށް އައިޝަތު މުހައްމަދު އައްޔަންކޮށްފި
މަރިޔަމް އަނާ
10 މެއި 2025 - 21:58
0 comments

ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަގާމަށް އައިޝަތު މުހައްމަދު ހަމަޖައްސައިފި އެވެ.
ބޮޑެތި ގިނަ މައްސަލަތަކެއްގައި ދައުލަތް ތަމްސީލް ކުރައްވާފައިވާ އައިޝަތު މުހައްމަދަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ޕަބްލިކް ޕްރޮސިކިއުޓަރެވެ. އޭނާ ޕީޖީ އޮފީހާ ގުޅިވަޑައިގެންނެވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.މީގެކުރިން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނެވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރެވެ. އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.ޕީޖީ އޮފީހުގައި ދެ ޑެޕިއުޓީން ތިއްބަވާއިރު، އައިޝަތު މުހައްމަދުގެ އިތުރުން މިހާރު އެ މަގާމުގައި ހުންނެވީ މަހުމޫދު ސަލީމެވެ.ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށްވެސް މިހާރު ވަނީ ބޭފުޅަކު އައްޔަންކުރައްވާފަ އެވެ. އެ މަގާމަށް އައްޔަންކުރެއްވީ ޕީޖީގެ ވަކީލެއްގެ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ހުސައިން ސާމީ އެވެ.
ޕީޖީ އޮފީހުގައި ސާމީއާ އެކު އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައިވެސް ފަސް ބޭފުޅުން އެބަތިއްބެވި އެވެ.
ކިޔުންތެރިންގެ ޝުއޫރު