ޚަބަރު
ސަންލޭންޑް ނަޒީރު އަވަހާރަވެއްޖެ
މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު)
ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ސަންލޭންޑް ހޮޓެލްސްގެ ޑިރެކްޓަރު މުހައްމަދު ނަޒީރު މިރޭ އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ނަޒީރު އަވަހާރަވީ، އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްކޮޅެއް ފަހުންނެވެ. އޭނާ ފަރުވާ ހޯއްދަވަމުން ގެންދެވީ އިނގިރޭސިވިލާތުގަ އެވެ.

ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ގޮތުން ވެސް ގިނަ ބަޔަކާ ގުޅުން އޮންނަ އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަންލޭންޑު ޓްރެވެލްސްގެ ވެސް އެއް ޑިރެކްޓަރު ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރު ވެސް މެ އެވެ.

ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.

ސަންލޭންޑް ކުންފުނިން ހިންގާ ރިސޯޓްތަކުގެ ތެރޭގައި ހިމެނެނީ ކޮކޯ ޕާމް ދުނިކޮޅު، ކޮކޯ ޕާމް ބޮޑު ހިތި، ކޮކޯ ޕާމް ކުޑަ ހިތި އަދި މަކުނޑު އައިލެންޑު ރިސޯޓެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު