ޚަބަރު
ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ވެސް ސަސްޕެންޑުކޮށްފި
ބްރޯޑްކޮމްގެ މެމްބަރުން ބައްދަލުވުމެއްގައި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ސާވާތަކެއް ކުއްލިއަކަށް މައްސަލަ ޖެހުމާއެކު ސުވާލު އުފެދޭ ކަންތައްތަކެއް އެކަމުގައި ހުރުމުން އެ ކޮމިޝަނުގެ އައިޓީ އޮފިސަރު އަހްމަދު ފަޒީލް މިއަދު ސަސްޕެންޑުކޮށްފި އެވެ.

ބްރޯޑްކޮމްގެ ސާވާއެއް މައްސަލަ ޖެހިގެން މިއަދު އެ ކޮމިޝަނުން ވަނީ ފުލުހުންގެ އެހީ ވެސް ހޯދައިފަ އެވެ.

އެކަމަކު، ފަޒީލް އަށް އެޅި އިދާރީ ފިޔަވަޅެއްގެ ގޮތުން ކުއްލި ސަސްޕެންޝަނެއް އައި އިރު، ބްރޮޑްކޮމްގެ ސާވާއަށް މައްސަލައެއް ދިމާވުމުން ފުލުހުންގެ ޓެކްނީޝަނުން އެ ކޮމިޝަނަށް އިއްޔެ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

"ބްރޮޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެތަނުގެ އޮފީހަށް، ބްރޮޑްކޮމްގެ ރިކުއެސްޓަކަށް ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން މިއަދު ވަދެފައިވޭ،" ފުލުހުން ރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ފަޒީލް ސަސްޕެންޑުކުރިއިރު، މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރައްވައި އަދި ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވެސް މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި އެ "ހޫނުގަނޑާ" އެކު އެ ކޮމިޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަނީ މަސައްކަތް ހުއްޓާލާފައި އިއްޔެ ގެ އަށް ގޮސްފަ އެވެ. އަދި ބްރޯޑްކޮމްއާ ދެކޮޅަށް އަޑު ވެސް އުފުލި އެވެ.

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް ޒީނިޔާ ސަސްޕެންޑުކުރީ އެނގިފައިވާ ގޮތުގައި، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމުންނާއި ނިންމުންތައް ބަލައިނުގަންނަކަން އެ ކޮމިޝަންގެ ވެރިންނަށް ފާހަގަކުރެއްވިގެންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު