ޚަބަރު
ބޭހާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޕާކިސްތާނާއެކު މަޝްވަރާކޮށްފި
ރާއްޖެއަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާކުރުމަށް ޕާކިސްތާނުގެ ފާމަސިއުޓިކަލް އެސޯސިއޭޝާއި ހެލްތް މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ހެލްތް މިނިސްޓްރީގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ ބައްދަލުވުމަކީ އެ ވުޒާރާގެ އިސްވެރިން އިސްލާމްއާބާދަށް ކުރި ރަސްމީ ދަތުރުގައި ހިމެނޭ ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ރެގިއުލޭޓަރީ އެލައިންމަންޓާއި ކޮލިޓީ އެޝުއަރެންސް އަދި ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުން ހިމެނޭ ގޮތަށް އެއްބާރުލުން ދިނުމުގެ ދާއިރާތައް ހޯދުމަށް ޕާކިސްތާން ފާމަސިއުޓިކަލް އެސޯސިއޭޝަންގެ އޮފިޝަލުންނާ މަޝްވަރާކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު