ވިޔަފާރި
މި އަހަރުގެ ފުރަތަމަ ހަ މަހު 1.1 މިލިއަން ފަތުރުވެރިން
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު 44.2 ޕަސެންޓް -- 496،304 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު:

  • އެވްރެޖުކޮށް ދުވާލަކު 6،000 ފަތުރުވެރިން ރާއްޖެ އާދޭ

  • ރާއްޖެ އަންނަ ފަތުރުވެރިންގެ %72 މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައި

  • ފަތުރުވެރިންގެ %22 ޗުއްޓީ ހޭދަކުރަނީ ގެސްޓުހައުސްތަކުގައި

  • ސަފާރީތަކުގައި %2 އަދި ހޮޓާތަކުގައި ވެސް %2 މީހުން ޗުއްޓީ ހޭދަކުރޭ

އަހަރުގެ މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ފަތުުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ކުރީގައި އޮތީ ޗައިނާ އެވެ. އެ ގައުމުން 141،162 ފަތުރުވެރިން އައިސްފައިވެ އެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ ދެވަނައިގައި އޮތީ ރަޝިޔާއެވެ. އެ ގައުމުން 128،431 ފަތުރުވެރިން އައިސްފައިވެ އެވެ. އިނގިރޭސިވިލާތް ލިސްޓުގެ ތިން ވަނައިގައި 109،132 ފަތުރުވެރިނާއެކު އޮތްއިރު، ހަތަރުވަނައިގައި އޮތް އިޓަލީއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 87،215 ފަތުރުވެރިންނެވެ.

މިއަހަރު ސަރުކާރުން ކަނޑައަޅާފައި ވަނީ 2.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ. ރާއްޖޭގައި މި ވަގުތު ފަތުރުވެރި ކަމަށް 175 ރިސޯޓާއި 860 ގެސްޓްހައުސް އާއި 159 ސަފާރީ އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު