ޚަބަރު
ދިވެހި އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު
ދިވެހި އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ދިނުމަށް މޮރޮކޯ ސަރުކާރުން ނިންމަވާ އެކަން ދިވެހި ސަރުކާރަށް ރަސްމީކޮށް އަންގަވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ބުނީ، މޮރޮކޯ ސަރުކާރުން އެ ފުރުސަތު ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށެވެ.

ދިވެހި އިމާމުންނަށް އެ ފުރުސަތު ދޭން ނިންމައި، އެއްބަސްވުން ހެދުމަށް ދިވެހި ސަރުކާރަށް މިހާރު ފޮނުވާފައިވާ ކަމަށާއި ވަރަށް އަވަހަށް އެ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ އެ އިންސްޓިޓުޓްގައި ކިޔަވާ އިމާމުންނަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓްމަނީ ވެސް ދޭނެ ކަމަށެވެ.

އިމާމުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން އިތުރު ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން ފާއިތުވެދިޔަ އަހަރު 100 އަށްވުރެ ގިނަ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދައިދީފައިވެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު