ޚަބަރު
އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް (އޭސީޕީ)ގެ މަގާމުގައި ހުންނެވި މުހައްމަދު އާސިފް ވަޒީފާއިން ވަކިކޮށްފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަދަދު އަށް ވިދާޅުވީ އާސިފް މަގާމުން ވަކިކުރީ ކަރެކްޝަންސް އިން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު ކަމަށެވެ.

ނަމަވެސް އޭނާ ވަކިކުރި ސަބަބެއް އަދި އިތުރު ތަފްސީލެއް ޔުސްރީން ނުދެއްވަ އެވެ.

މިދިޔަ ނޮވެމްބަރު މަހު އާސިފް ސަސްޕެންޑް ކުރި އިރު، ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކަމަށް ތުހުމަތުކުރަނީ އާސިފަށެވެ. އޭނާއަކީ އެ ކްލަބުގެ ރައީސެވެ.

ސްޕުރިޓެންޑެންޓްގެ މަގާމުގައި ހުންނަވަނިކޮށް އާސިފު، އޭސީޕީގެ މަގާމަށް ޕްރޮމޯޓްކުރީ 2019 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު