
ހައުސިން މިނިސްޓްރީން ބުނީ މި ފެށޭ ހަފުތާގައި އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ ކަމަށެވެ. ފްލެޓް ހަވާލުކުރުމާ ގުޅޭ ހުރިހާ މުއާމަލާތެއް ކުރިއަށް ގެންދާނީ އެފްޑީސީން ކަމަށާއި ފްލެޓް ލިބޭ މީހުންގެ މައުލޫމާތު އެ ކުންފުންޏާ ހިއްސާކުރަން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރާނީ، މިނިސްޓްރީން ބުނި ގޮތުގައި، މަސައްކަތް ނިމި، ހަވާލުކުރަން ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.މިނިސްޓްރީން ބުނީ ފްލެޓު އެގްރިމެންޓުގައި ސޮއިކުރަން އެފްޑީސީއަށް ފޮނުވުމުން، ބޯހިޔާވަހިކަމުގެ މަޝްރޫއަށް ހާއްސަކޮށްފައިވާ "ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެންގޭނެ ކަމަށެވެ. އެގޮތަށް ނާންގާ މީހުންނަށް ހައުސިން މިނިސްޓްރީ އަދި އެ ކުންފުނިން ވެސް ނުގުޅާނެ ކަމަށް އިއުލާނުގައި ބުންޏެވެ."އެފަދަ ފޯނު ކޯލުތަކާއި އެސްއެމްއެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް މި ފުރުސަތުގައި އިލްތިމާސްކުރަން،" މިނިސްޓްރީން ބުންޏެވެ.